މާލެ: 31°C

ރައީސް ވިދާޅުވީ ޒުހޫރުގެ ސިޓީ ލިބިވަޑައި ނުގަންނަވާ ކަމަށް، ޒުހޫރު ވިދާޅުވީ ވަޓްސްއަޕުން ވެސް ފޮނުއްވި ކަމަށް

December 22, 2024
2 ފަހަރު ބަލާފައި
ރައީސް ވިދާޅުވީ ޒުހޫރުގެ ސިޓީ ލިބިވަޑައި ނުގަންނަވާ ކަމަށް، ޒުހޫރު ވިދާޅުވީ ވަޓްސްއަޕުން ވެސް ފޮނުއްވި ކަމަށް
ރައީސް ވިދާޅުވީ ޒުހޫރުގެ ސިޓީ ލިބިވަޑައި ނުގަންނަވާ ކަމަށް، ޒުހޫރު ވިދާޅުވީ ވަޓްސްއަޕުން ވެސް ފޮނުއްވި ކަމަށް
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރުގެ ސިޓީފުޅެއް ލިބިވަޑައިގެންފާ ނުވާކަމަށާއި އެފަދަ ސިޓީއެއް ލިބުނުނަމަ ބެއްލެވީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެފަދަ ސިޓީއެއް ޒުހޫރުގެ ފަރާތުން ލިބިވަޑައިގެންފާ ނުވާ ކަމަށާއި ސިޓީއެއް ލިބުނުނަމަ އެއަށް އަމަލު ކުރައްވާނެކަމަށެވެ. "އަޅުގަނޑުވެސް ތިވާހަކަ އަޑުއެހިން. އަޅުގަނޑަކަށް ނުލިބެ އިނގޭތޯ ސިޓީއެއް. އަޅުގަނޑަށް ތި ވިދާޅުވާ ސިޓީއެއް އައިސްފައެއް ނެތް. ނުލިބެ. އަޅުގަނޑަށް ލިބުނުނަމަ އަޅުގަނޑު ގައިމުވެސް އެއަށް އަމަލު ކުރާނެ. ނޫނިއްޔާ ބަލާނަން." ރަައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ހުއްޓުވުމުގައި އަދި ގަވައިދާ ހިލާފަށް ކުރާ ކަންކަން ހުއްޓުވުމުގައި ފަހަތަށް ޖެހި ވަޑައިނުގަންނަވާނެ ކަމަށެވެ. އެމަނިކުފަނު ބޭނުންފުޅުވަނީ އެމަނިކުފާނުގެ ސަރުކާރަކީ ކޮރަޕްޝަންއާއި ފަސާދައާއި ނުގަވައިދުން ހިނގާ ކަންކަމުން ދުރުވެފައި އޮތް ސަރުކާރަކަށްވުންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަކީވެސް އެއީކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް އެހެން ވިދާޅުވިއިރު އެޗްޑީސީގެ ކުރީގެ ޗެއާމަން ޒުހޫރު، އެޗްޑީސީގެ ކޮރަޕްޝަންތައް ބަޔާންކުރައްވައި ފޮނުއްވި ކަމަށް ވިދާޅުވާ ސިޓީ ރައީސް އޮފީހުން ބަލައިގަތް ކަމުގެ ލިއުން މިހާރު ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ. އަދި ޒުހޫރުއާ ހަވާލާދީ އޭނާގެ ވަަރަށް ގާތް މީހަކު މިނިވަންއަށް ކިޔައިދިން ގޮތުގައި ޒުހޫރު ވަނީ ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތައް ވަޓްސްއަޕް މެދުވެރިކޮށްވެސް ރައީސް މުޢިއްޒުއަށް ފޮނުއްވާފައެވެ. އަދި އެމެސެޖްގެ ސްޓޭޓަސް ސީން އެރި ކަމަށް ވެސް އޭނާ ބުންޏެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެޗްޑީސީގެ ތެރެއިން އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހިންގަވަމުންގެންދެވި ކޮރަޕްޝަންގެ ކަންތައްތައް ރައީސްގެ ސަމާލުކަމަށް ގެންނަވައި ޒަހޫރު ސިޓީއެއް ފޮނުއްވިކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށެވެ. 7 ސަފުހާގެ ދިގު އެ ސިޓީގައި ޒުހޫރު ގިނަ ކަންކަމެއް ފާހަގަކުރައްވާފައިވެ އެވެ. މި ސިޓީގައި އޭނާ ވަނީ ކުންފުނީގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނުގެ އެތައް ޙާދިސާއެއްގެ ވާހަކަ ދައްކާފަ އެވެ. ޒުހޫރުގެ ތުހުމަތުގައި ބުނެފައިވަނީ އެޗްޑީސީގައި ކަންތައްތައް ކޮށްދެނީ ހަމައެކަނި ރިޝްވަތު ދޭން ތައްޔާރަށް ތިބޭ މީހުންނަށް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ