މާލެ: 31°C

ހުރިހާ މަރުހަލާއެއްގައިވެސް ރާއްޖެއިން އިސްކުރަނީ ފަލަސްތީނުގެ މަސްލަހަތު؛ ފަލަސްތީނަށް އެހީވުމަށް ރާއްޖެއިން ތާޢީދު

December 22, 2024
2 ފަހަރު ބަލާފައި
ހުރިހާ މަރުހަލާއެއްގައިވެސް ރާއްޖެއިން އިސްކުރަނީ ފަލަސްތީނުގެ މަސްލަހަތު؛ ފަލަސްތީނަށް އެހީވުމަށް ރާއްޖެއިން ތާޢީދު
ހުރިހާ މަރުހަލާއެއްގައިވެސް ރާއްޖެއިން އިސްކުރަނީ ފަލަސްތީނުގެ މަސްލަހަތު؛ ފަލަސްތީނަށް އެހީވުމަށް ރާއްޖެއިން ތާޢީދު
ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ގަރާރަށް ރާއްޖެއިން ތާއީދުކޮށްފި އެވެ. ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުން އދ އާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކާއި އެހެން ގައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަން ޖެހޭ ޒިންމާތަކާ ބެހޭ ގޮތުން އައިސީޖީ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ގަރާރު މިދިޔަ ބުރާސްފަތި ދުވަހު އދގެ އާއްމު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރު ހުށަހަޅާފައިވަނީ ނޯވޭގެ އިސްނެގުމާއެކު، އެހެން ގައުމުތައް ހިމެނޭ ގްރޫޕަކުންނެވެ. ރާއްޖެއިން އެ ގަރާރު ކޯ ސްޕޮންސާކޮށްފައިވާއިރު އެ ގަރާރު ފާސްކޮށްފައިވަނީ ރާއްޖެ ހިމެނޭހެން 137 މެމްބަރު ގައުމުގެ ވޯޓާއެކުގަ އެވެ. އެއީ އދ އާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކާއި އެހެން ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދަމަހައްޓަން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ އެ ގަރާރަށް ލިބިފައިވާ ތާއީދަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބިގެންދާ ބާރެއް ކަމަށެވެ. ރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތު ކުރެ އެވެ. އދ ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް، ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ގޮވާލައްވާފަ އެވެ. އދ ގައި އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރައްވަމުން ރައީސް ވަނީ އެ ޖަރީމާތަކުގެ ސަބަބުން، އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭހެން، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، ޒަހަމްވަމުންދާކަން ހަނދުމަފުޅުކޮށް އަރުވާފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރާއި، ހަސްފަތާލުތަކާއި، ސްކޫލްތަކާއި އަދި އިންސާނީ އެހީތެރިކަމަށް ބޭނުންކުރާ ވަސީލަތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ދޭ ހަމަލާތަކަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ