މާލެ: 31°C

ހަށިވިއްކި ބިދޭސީންތަކެއް އަތުލައިގަނެ، ބައެއް މީހުން ޑީޕޯޓްކޮށްފި

December 21, 2024
2 ފަހަރު ބަލާފައި
ހަށިވިއްކި ބިދޭސީންތަކެއް އަތުލައިގަނެ، ބައެއް މީހުން ޑީޕޯޓްކޮށްފި
ހަށިވިއްކި ބިދޭސީންތަކެއް އަތުލައިގަނެ، ބައެއް މީހުން ޑީޕޯޓްކޮށްފި
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެފި އެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އެ އިދާރާ އާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ނުވަ ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށެވެ. އެއީ ވިއެޓްނާމުގެ ހަ އަންހެނަކާއި ޔުގަންޑާގެ އަންހެނަކާއި ބަންގުލަދޭޝްގެ ދެ ފިރިހެނެކެވެ. އެ ދެ ފިރިހެނުންނަކީ އޭޖެންޓުންގެ ގޮތުގައި އުޅުނު މީހުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަނުން ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެ ތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި، ބާކީ ތިބި ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ