މާލެ: 31°C

މާލޭގައި ފެން ބޮޑުވުން: 32 މީހަކަށް ވަގުތީީ ބޯހިޔާވަހިކަން

December 21, 2024
2 ފަހަރު ބަލާފައި
މާލޭގައި ފެން ބޮޑުވުން: 32 މީހަކަށް ވަގުތީީ ބޯހިޔާވަހިކަން
މާލޭގައި ފެން ބޮޑުވުން: 32 މީހަކަށް ވަގުތީީ ބޯހިޔާވަހިކަން
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގައި ފެންބޮޑުވުގެ ސަބަބުން ގެއްލުންވި 8 ގޭބިސީއެއްގެ 32 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް އެންޑީއެމްއޭއިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ފަރާތްތަކަށް ބޯހިޔާވަހިކަން ދީފައިވަނީ އެއް ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެގޮތަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވަނީ ކައްކައި ކައިބޮއި ހެދުމަށާއި، ނިދަައި، ފާހަނާ ކުރެވޭނެ ގޮތެއް ނެތުމުން، ވަގުތީ ގޮތުން އެތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުގެ ސަބަބުން ކަމަށެވެ. އެންޑީއެމްއޭއިން އިތުރަށް ބުނީ، ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެ އޮތޯރިޓީއާ، ސިފައިންނާއި ފުލުހުން އަދި ދިވެހި ރެޑްކްރެސެންޓުގެ ހޮޓްލައިންތަކަށް 101 ކޯލު ލިބިފައިވާ ކަމަށެވެ. އަދި ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން ގޭގެ އާއި، ފިހާރަތައް އަދި ގުދަންތައް ހިމެނޭހެން 47 ތަނެއްގައި 229 ވެލިބަސްތާ ޖެހުނު ކަމަށް ބުނެފައިވެ އެވެ. އެންޑީއެމްއޭ އާއި ރެޑްކްރެސެންޓުން ގުޅިގެން ވަގުތީ އެހީތެރިކަން ބޭނުންވާ 12 ގޭބިސީއެއްގެ ރެޕިޑް އެސެސްމަންޓް ހެދިފައިވާ ކަމަށް ވެސް އެ އޮތޯރިޓީއިން ބުނެފައިވެ އެވެ. ރޭ މެންދަމު 12:30 ހާއިރު ބޯކޮށް ވެހެން ފެށި ވާރޭ ހުއްޓާލީ ފަތިހު 5 ޖެހި ފަހުންނެވެ. އަދި މިހާރު މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅެން ދަތިވާ ވަރަށް ވަނީ ފެންބޮޑުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ