އެޗްޑީސީގެ މައްސަލަ: ފުލުހުންގެ ތަހުގީގު ޓީމުގެ އިސްވެރިއެއްގެ މައްސަލަވެސް ބަލަން ފަށައިފި

އެޗްޑީސީގެ މައްސަލަ: ފުލުހުންގެ ތަހުގީގު ޓީމުގެ އިސްވެރިއެއްގެ މައްސަލަވެސް ބަލަން ފަށައިފި
ލިޔުން:
އެޗްޑީސީގެ ގޯތީގެ ވައްކަމުގެ މައްސަލަ ތަހުގީގުކުރާ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ވެރިޔާ، ރަޖްނީ ޝުއައިބަށް ނުހައްގުން ވިނަރެސް ފްލެޓެއް ލިބިފައިވާ ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށާފަ އެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ ޓީމުގައި ހިމެނޭ ރަޖުނީ އާއި އޭނާގެ އަންހެނުންނަށް ނުހައްގުން ފްލެޓް ލިބުނު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދެ އެވެ. އެ ޕޯސްޓްތަކުގައި ބުނާގޮތުން ރަޖުނީއާއި އޭނާގެ އަންހެނުންނަށް ފްލެޓް ލިބުނީ، ވިނަރެސް ފްލެޓްތަކުންނެވެ.
"ރަޖުނީ ޝުޢައިބާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މަޢުލޫމާތާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ވާހަކަ ދަަންނަވަމެވެ" ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "އެކްސް'' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
