މާލެ: 31°C

ހިޔާނާތްވި މީހުންނަށް އަވަހަށް ފިޔަވަޅު އެޅުމަށް ޓްރާންސްޕޭރެންސީީން ގޮވާލައިފިި

December 21, 2024
2 ފަހަރު ބަލާފައި
ހިޔާނާތްވި މީހުންނަށް އަވަހަށް ފިޔަވަޅު އެޅުމަށް ޓްރާންސްޕޭރެންސީީން ގޮވާލައިފިި
ހިޔާނާތްވި މީހުންނަށް އަވަހަށް ފިޔަވަޅު އެޅުމަށް ޓްރާންސްޕޭރެންސީީން ގޮވާލައިފިި
ރައްޔިތުންގެ ހައްގު ގެއްލޭ ފަދަ ހިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތައް މިނިވަންކަމާއި ފުރިހަމަކަމާއި ހާމަކަން ބޮޑު ގޮތެއްގައިި ތަހުގީގުކޮށް، އާންމުންގެ އިތުބާރު ދެމެހެއްޓުމަށް ޖިނާއީ އިޖުރާތްތައް ދަމަހައްޓައި، ހިޔާނާތްތެރިވެފައިވާ ފަރާތްތަކާ މެދު އަވަސް ގޮތެއްގައި ގާނޫނީ އިމުގެ ތެރެއިން ހައްގު އަދަބު ދޭން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ. މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށާފަ އެވެ. އެކަމާ ގުޅިގެން ޓްރާންސްޕޭރެންސީން ރޭ ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މެދުގައި މަސްލަހަތު ފުށުއެރުމުގެ މައްސަލަަތަކަކީ ކޮރަޕްޝަންގެ މައްސަލަތަކުގައި ވަރަށް އާންމުކޮށް ފާހަގަވާ ކަމެއް ކަމަށެވެ. ވުމާ އެކު މަސްލަހަތު ފުށުއަރާ ފަދަ މައްސަލަތައް ހައްލުކުރަން ހަރުދަނާ ނިޒާމެއް ގާއިމު ކުރެވިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ ބޭބެއަށް ގޯތި ލިބުމުގެ ޝަރުތު ފުރިހަމަ ނުވާއިރު، ގޯތި ދޫކޮށްފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތާ އަދި ގަވާއިދާ ހިލާފަށް 50 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތުކުރާ ރިޕޯޓުތަކަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދި ސުވާލު އުފެދޭ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ. އަދި އެއީ ރައްޔިތުން ދައުލަތާއި އަދި މުއައްސަސާތަކަށް ކުރާ އިތުބާރު ކުޑަވެ، ދައުލަތުގެ އިންސާފުވެރިކަމާއި ހާމަކަމާއި ސަރުކާރުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ޓްރާންސްޕޭރެންސީން ވަނީ ރައްޔިތުންގެ އިތުބާރު ދައުލަތަށް ހޯދުމަށާއި ކޮރަޕްޝަނަށް ހުށަހެޅޭ ގޮތަށް ހުރި ނިޒާމީ ގޮންޖެހުންތަކަށް ހައްލު ގެނައުމަށް މައިގަނޑު 7 ފިޔަވަޅެއް އެޅުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ