މާލެ: 31°C

ގޮނޑިގެއްލޭ މައްސަލަ: ސުޕްރިމް ކޯޓުގައި އޮތް މައްސަލައަށް ޑިމޮކްރެޓުން ތަދައްހުލް ވެއްޖެ

December 20, 2024
2 ފަހަރު ބަލާފައި
ގޮނޑިގެއްލޭ މައްސަލަ: ސުޕްރިމް ކޯޓުގައި އޮތް މައްސަލައަށް ޑިމޮކްރެޓުން ތަދައްހުލް ވެއްޖެ
ގޮނޑިގެއްލޭ މައްސަލަ: ސުޕްރިމް ކޯޓުގައި އޮތް މައްސަލައަށް ޑިމޮކްރެޓުން ތަދައްހުލް ވެއްޖެ
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ އިސްލާހާ އެކު ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ދަ ޑިމޮކްރެޓްސްއިން ތަދައްހުލުވެއްޖެ އެވެ. ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ މާއްދާތަކާއި އަސާސީ އޮނިގަނޑާ ހިލާފަށް ކަމަށް ވިދާޅުވެ، އިސްލާހު ބާތިލުކޮށްދޭން އެދި ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ. އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 4، 8، 26، 75، އަދި 90 ވަނަ މާއްދާ އާ ހިލާފަށް ކަމަށެވެ. މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޑިމޮކްރެޓްސްގެ ރައީސް އަދި ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީ އާ އަދި ގާނޫނު އަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފަށް ކަމަށް އަލީ ހުސައިން ހުށަހަޅުއްވާފައިވާ މައްސަލައަށް އެ ޕާޓީން އިއްޔެ ތަދައްހުލުވެފައިވާ ކަމަށެވެ. ގާނޫނު އަސާސީއަށް ގެނައި ބަދަލާ ގުޅިގެން އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެންޓި-ޑިފެކްޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލު ކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އުސޫލެއް ގާނޫނު އަސާސީގައި ކަނޑައެޅުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށެވެ. ނަމަވެސް ގެނެސްފައިވާ ބަދަލަކީ މަޖިލީހުގެ ބާރު ކަނޑުވާލައި ގާނޫނު އަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑު ބަދަލުގެނުވާ ބޭސިކް ސްޓްރަކްޗާ ޑޮކްޓަރިން އާ ހިލާފު ގާނޫނެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ