ޓިނު ބިލްޑިންގެ އަލިފާނުގެ ހާދިސާގެ ތަހުގީގާ އިންޑިއާގެ ޓީމަކުން ގުޅިއްޖެ

ޓިނު ބިލްޑިންގެ އަލިފާނުގެ ހާދިސާގެ ތަހުގީގާ އިންޑިއާގެ ޓީމަކުން ގުޅިއްޖެ
ލިޔުން:
ޓިނު ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހިންގާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދަނީ ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުންދާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސީޕީ މިއަދު ވިދާޅުވީ އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދަނީ ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން އައި އިމާރާތެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގެ ތަހުގީގު ފުލުހުންގެ އިދާރާއިން ފަށައި އެ ތަހުގީގަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަަމަށް ކޮމިޝަނަރު ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ސީޕީ އިތުރަށް ވިދާޅުވީ ތަހުގީގުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ހޯދައި އެނަލައިޒްކުރުމާއި، އެ ހާދިސާގެ މަންޒަރު ފުރަތަމަ ފެނުނު މީހުންގެ ބަޔާންތައް ނެގުން ކަމަށެވެ. އަދި އެތަނުގައި އެވަގުތު ތިބި މީހުންގެ އިތުރަށްވެސް ބައެއް މީހުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ޝުޖާ ވިދާޅުވި އެވެ.
ނުރައްކާތެރި އަދި ގެއްލުން ބޮޑު އަލިފާނުގެ މި ހާދިސާ ހިނގީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
