މާލެ: 31°C

ހައުސިން މިނިސްޓްރީގެ 10 މުވައްޒަފަކު ސަސްޕެންޑް

December 20, 2024
2 ފަހަރު ބަލާފައި
ހައުސިން މިނިސްޓްރީގެ 10 މުވައްޒަފަކު ސަސްޕެންޑް
ހައުސިން މިނިސްޓްރީގެ 10 މުވައްޒަފަކު ސަސްޕެންޑް
ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭހެން ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ 9 މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ. މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ. ގޯތިތަކާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި އެޗްޑީސީ އާ ދެމެދު ސިޓީތަކެއް ބަދަލުކޮށްފައިވާއިރު، ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހައުސިން މިނިސްޓްރީން މިހާތަނަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އިސްކަންދަރު ބިލްޑިންގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވަނީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން އަމަލުކޮށްފައިވާ ގޮތްތަކުގެ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ