މާލެ: 31°C

ގޯތިތަކުގެ މައްސަލަ ބެލުން ލަސްވި މައްސަލާގައި އެމްޑީޕީ ނުރުހިއްޖެ

December 19, 2024
2 ފަހަރު ބަލާފައި
ގޯތިތަކުގެ މައްސަލަ ބެލުން ލަސްވި މައްސަލާގައި އެމްޑީޕީ ނުރުހިއްޖެ
ގޯތިތަކުގެ މައްސަލަ ބެލުން ލަސްވި މައްސަލާގައި އެމްޑީޕީ ނުރުހިއްޖެ
ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން އޮޅުވާލައިގެން ގޯތިތަކެއް ވިއްކި މައްސަލަ ބެލުން ލަސްވި ސަބަބާ މެދު ސުވާލު އުފައްދައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ. މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ. މައްސަލަ އާ ގުޅިގެން ޗެއާމަން ފިޔަވައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެމްޑަބްލިޔުއެސްސީން ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ވެސް ސަސްޕެންޑްކޮށްފަ އެވެ. އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގަން ޕްރޮސެކިއުޓާ ޖެނެރަލް ވެސް ވަނީ އަމުރުކުރައްވާފަ އެވެ. އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހައުސިން މިނިސްޓްރީއަށް އެނގުނު ހިސާބުން މައްސަލަ އާ މެދު ފިޔަވަޅު ނޭޅި ދިގުދެމިގެން އައި އައުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. މައްސަލަ އާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ޒިންމާ ކުރުވައި، ސަސްޕެންޑް ކުރުމުން ހާމަވަނީ އަޅާ ފިޔަވަޅުތަކުގައި ހުރި ދޯދިޔާކަން ކަމަށެވެ. ގަލޮޅު ދެކުނު ދާއިރާގައި މަޖިލިސް މެމްބަރު މީކާއިލު އަހްމަދު ނަސީމް ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތައް ފެންމަތިވުމުން ބަލަން ހުންނަ މުއައްސަސާތައް ހިންގަމުން އަންނަ ގޮތަށް މި ސަރުކާރުން ބަދަލުތައް ގެންނަމުންދާ ކަމުގަ އެވެ. އެގޮތުން ފާހަގަކުރެއްވީ ކޮމިޝަންތަކަށް މެމްބަރުން އައްޔަންކުރުމުގައި އަމަލު ކުރަމުން އައި އުސޫލަށް މިފަހުން ގެންނެވި ބަދަލެވެ. އެކަމާ ގުޅުވާ ވިދާޅުވީ މުއައްސަސާތަކަށް މިނިވަން ތަހުގީގެއް ކުރެވޭނެ ކަމަށް ނުފެންނަ ކަމަށެވެ. މި މައްސަލަ ބަލައިދިނުމަށް އެ ޕާޓީގެ ފަރާތުން މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ވެސް ކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ