މާލެ: 31°C

ފަޒުލްގެ ބޭބެ ފަޒީލް ވެސް ސަސްޕެންޓް؛ ފަޒީލްގެ މައްޗަށް ކުރަނީ ފޯޖަރީގެ ތުހުމަތު

December 19, 2024
2 ފަހަރު ބަލާފައި
ފަޒުލްގެ ބޭބެ ފަޒީލް ވެސް ސަސްޕެންޓް؛ ފަޒީލްގެ މައްޗަށް ކުރަނީ ފޯޖަރީގެ ތުހުމަތު
ފަޒުލްގެ ބޭބެ ފަޒީލް ވެސް ސަސްޕެންޓް؛ ފަޒީލްގެ މައްޗަށް ކުރަނީ ފޯޖަރީގެ ތުހުމަތު
އެމް.ޑަބްލިޔު.އެސް.ސީ ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދު ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ކުންފުނިން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ، ފަޒީލް ރަޝީދު ސަސްޕެންޑް ކުރީ އެޗްޑީސީގައި ފުލުހުން މިހާރު ކުރިއަށް ގެންދާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށެވެ. ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ފަޒުލް ރަޝީދުއަށް އެޗްޑީސީން ގޯއްޗެއް ދިން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އެގްރީމެންޓްތަކާއެކު އެކަން ހާމަކުރުމުން، ފުލުހުން އެމައްސަލަ ތަހުގީގު ކުރެއްވުމަށް ވަނީ އެޗްޑީސީއަށް ވަންނަވާފައެވެ. އެޗްޑީސީގެ އެ މައްސަލަ ތަހުގީގުކުރަމުން ގެންދަވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އަމިއްލަ އިސްނެންގުވުމަށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ވިދާޅުވިއެވެ. ފުލުހުން ދާދި ދެންމެއަކު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ "ބިންވެރިޔާ" ސްކީމުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތި ދިން ކަމަށް ބެލެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރައްވަމުން ގެންދަވަނީ "ޑޮކިއުމަންޓް ފޯޖް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަަލައެއް" ކަމަށެވެ. ދިވެހި ފުލުހުން މިހާރު އެޗްޑީސީގައި ކުރިއަށް ގެންދާ ތަހުގީގަށް މަގުފަހި ކުރުމުގެ ގޮތުން، އެޗްޑީސީގެ ޗެއާމަން ފިޔަވައި، މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުވެސް ހިމެނޭހެން ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން، ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކުރައްވާފައެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެއްވެސް ހައްގެއް ގެއްލިގެން ނުދާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާ ކަމަށެވެ. އެޗްޑީސީއާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށުމާއެކު އިމަޖެންސީގައި ކުރަން ޖެހޭ ޚަރަދެއް ފިޔަވައި ކުންފުނީގެ މާލީ އިތުރު މުޢާމަލާތްތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށްކުންފުނީގެ އޮޑިޓަރ ވަނީ އަންގަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ