ގޯތި ލިބޭ މީހުންގެ ހައްގަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަނެއްކާވެސް ދީފި

ގޯތި ލިބޭ މީހުންގެ ހައްގަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަނެއްކާވެސް ދީފި
ލިޔުން:
ގޯތި ލިބޭ މީހުންގެ ހައްގަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަނެއްކާވެސް ދީފި އެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން، ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ.
އެ ތަހުގީގުކުރަމުންދާ މި ދަނޑިވަޅުގައި އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފު ފިޔަވައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ޕީސީބީން ސަސްޕެންޑްކޮށްފައިވެ އެވެ.
"އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށްދޭ ކަމަށެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީ ހަވާލުކުރަނީ އެޗްޑީސީގެ ފަރާތުން ނޫން ކަމަށެވެ. އަދި އިޝޫކޮށްފައި އޮތީ ވެސް އެ ކުންފުނިން ނޫން ކަމަށެވެ. ފަޒުލް ވަނީ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.
ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެހެން މީހަކު ހިމެނޭ މައްސަަލައެއް އެންމެ ފުރަތަމަ ފެންމަތިވީ އިއްޔެ ސޯޝަލް މީޑިއާއިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
