މާލެ: 31°C

އެޗްޑީސީގެ މާލީ މުޢާމަލާތްތައް ހުއްޓާލަން އޮޑިޓަރު އަންގައިފި

December 19, 2024
2 ފަހަރު ބަލާފައި
އެޗްޑީސީގެ މާލީ މުޢާމަލާތްތައް ހުއްޓާލަން އޮޑިޓަރު އަންގައިފި
އެޗްޑީސީގެ މާލީ މުޢާމަލާތްތައް ހުއްޓާލަން އޮޑިޓަރު އަންގައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ މުއާމަލާތްތައް މަޑުޖައްސާލަން އެ ކުންފުނީގެ އޮޑިޓަރު އަންގައިފި އެވެ.

އެޗްޑީސީގެ ޗީފް އިންޓާނަލް އޮޑިޓަރު އިއްޔެ ނެރުނު އިންޓާނަލް މެމޯއެއްގައިވާ ގޮތުން، އެ ކުންފުނިން ހިންގާ މާލީ ގިނަ މުއާމަލާތްތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން ވަނީ އަންގައިފަ އެވެ.

އޭގެ ތެރޭގައި "ބިންވެރިޔާ ސްކީމް"އާ ގުޅޭ ހުރިހާ މުއާމަލާތްތަކާއި ބިމާއި ކޮމާޝަލް އަދި ރެސިޑެންސް ޔުނިޓްތައް ދޫކުރުމުގެ އެއްވެސް މުއާމަލާތެއް ނުކުރަން އެންގި އެވެ.

އިމަޖެންސީ ހާލަތެއްގައި މެނުވީ އެއްވެސް ޕްރޮކިއުމެންޓް މުއާމަލާތެއް ނުހިންގުމަށާއި ފައިސާ ދެއްކުމުގެ އެއްވެސް މުއާމަލާތެއް ނުކުރަން ވެސް މެމޯގައި ވެ އެވެ. އެއްވެސް މުވައްޒަފަކު ވަކިކުރުމާއި އަލަށް މަގާމުތަކަށް މީހުން ނެގުން ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މި ފިޔަވަޅުތައް އަޅަން މެމޯއެއް ނެރުނީ ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ވަރަށް ބޮޑަށް ހޫނުވެ، އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ފުލުހުން ފެށުމާ އެކު އެވެ.

އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވުމާ އެކު، ފުލުހުން ފެށި ހާއްސަ ތަހުގީގު ނިމެންދެން ޕީސީބީން މިއަދު ވަނީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހިމެނޭހެން އެޗްޑީސީގެ ބޯޑު އެއްކޮށް ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފަ އެވެ. އެކަމަކު، އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ސަސްޕެންޑެއް ނުކުރެ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ