ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވި ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ބޯޑު އެއްކޮށް މިއަދު ސަސްޕެންޑްކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ގޯތިތަކުގެ މައްސަލައިގައި ފުލުހުން ފަށާފައިވާ ތަހުގީގަށް ޖާގަ ދިނުމުގެ ގޮތުން، ކުންފުނީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
"ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވެސް މި ބޯޑުން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ،" ޕީސީބީގެ ބަޔާނުގައިވެ އެވެ.
ބޯޑުން ސަސްޕެންޑް ނުކުރާ ހަމައެކަނި މެންބަރު ކަމަށްވާ ނާސިފް (ޑީޑީ) އައްޔަންކުރީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ. އޭނާ އާއި ފަޒުލްގެ އިތުރުން ދެން ބޯޑުގައި ތިއްބަވަނީ؛
- އަޒްހާރު އަބްދުﷲ ސައީދު
- އިބްރާހިމް ޔޫސުފް ފުޅު
- މުހައްމަދު ވިޝާމް
- އުލާ މުހައްމަދު ރަޝީދު
- އާރިފް އަބްދުއްސަމަދު
- މުހައްމަދު ނާޖިލް
- މުހައްމަދު ވަހީދު
- ފާތިމަތު މިޒްނާ އަލީ
- ޔޫސުފް ވަހީދު







