ދުންފަތް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން ބަޔަކު ޖޫރިމަނާކޮށްފި؛ ޖުމްލަ 20،000 ރުފިޔާ

ދުންފަތް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން ބަޔަކު ޖޫރިމަނާކޮށްފި؛ ޖުމްލަ 20،000 ރުފިޔާ
ލިޔުން:
ދުންފަތް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން ބަޔަކު ޖޫރިމަނާކޮށްފިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވޭޕް ކުރުމާއި ވޭޕްގެ ތަކެތި ވިއްކުމާއި އަދި ބެހުން ވެސް މަނާވާނެ އެވެ. އަދި އެކަންކޮށްފިނަމަ ޖޫރިމާނާ ކުރެވޭނެ އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވީ 4 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހުން ޖޫރިމަނާ ކޮށްފައިވަނީ ޖުމުލަ 20،000 ރުފިޔާއިން ކަމަށެވެ.
އެމީހުން ޖޫރިމަނާ ކޮށްފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލަށް ގެނެވުނު އެއްވަނަ އިސްލާހާ އެއްގޮތަށް ކަމަށް ފުލުހުން ބުންޏެވެ.
މީގެކުރިން ފުލުހުން ބުނީ، ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ. އަދި އެ މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައިވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އާދިއްތަ ދުވަހު އަމަލުކުރަން ފެށި އިސްލާހުގެ ދަށުން ވޭޕްއާ ގުޅޭ ކަންކަން ކޮށްފިނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
