މުހިއްމު ގިނަ ރެކޯޑުތަކެއް އަނދައިފި: މާލޭ ސިޓީ ކައުންސިލް

މުހިއްމު ގިނަ ރެކޯޑުތަކެއް އަނދައިފި: މާލޭ ސިޓީ ކައުންސިލް
ލިޔުން:
މާލެ ސިޓީ ކައުންސިލްގެ ލޭންޑް ސެކްޝަނުން ރަށްވެހިކަމާއި ގޯތީގެ ރެޖިސްޓްރީތައް ގެއްލިފައިވާ ކަމަށާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާ ގުޅިގެން އެ ޑޭޓާތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވީ އެތަނުގައި ހިންގަމުންދިޔަ މާލެ ސިޓީ ކައުންސިލުގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓަށެވެ. އެތަނުގައި ހުރީ، އުފަންވުމާއި މަރުވާ މީހުންގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކާއި، ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ފަދަ ތަކެތީގެ އަސްލެވެ.
އެތަނުގައި ލިޔެކިޔުންތައް ބަހައްޓާފައި ހުރިތަނުން ބައެއް ހަރުތައް އެއްކޮށް އަނދާ އަޅިއަށްވި އެވެ. އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ބައެއް ލިޔުންތައް ސަލާމަތް ވެސް ކުރި އެވެ. އަދި އެ ލިޔުންތަކަށް ފެނުގެ އަސަރު ކޮށްފައިވާތީ، އެ ތަކެތި ހިއްކުމުގެ މަސައްކަތް ވެސް ކައުންސިލުން ކުރި އެވެ.
މިއަދު ކުރިއަށްދިޔަ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 176 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މޭޔާ އަހުމަދު ނަރީޝް ވިދާޅުވީ، ގެއްލުނު މައުލޫމާތާއި، އެތައް ޒަމާނެއް ވަންދެން ނުލިބި ހުރި މައުލޫމާތުތައް ޑީއެންއާރުން ކައުންސިލަށް ދޭން އެއްބަސްވެފައިވާ ކަމަށެވެ.
އެގޮތުން، މާލެ ސަރަހައްދާއި ރާއްޖޭގައި ރަށްވެހިކަން އޮންނަ ފަރާތްތަކުގެ ރެޖިސްޓްރޭޝަނުގެ ކޮޕީ މާލެ ސިޓީ ކައުުންސިލަށް ފެންނާނެ އިންތިޒާމް ޑީއެންއާރުން ހަމަޖައްސައިދޭނެ ކަމަށް ޑެޕިއުޓީ މޭޔާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
