މާލެ: 31°C

ކުރީގެ ދެ ބަންޑާރަ ނައިބުންގެ ޤާނޫނީ އެހީތެރިކަން ފްރާންސްގެ އާއިލާއަށް

December 18, 2024
2 ފަހަރު ބަލާފައި
ކުރީގެ ދެ ބަންޑާރަ ނައިބުންގެ ޤާނޫނީ އެހީތެރިކަން ފްރާންސްގެ އާއިލާއަށް
ކުރީގެ ދެ ބަންޑާރަ ނައިބުންގެ ޤާނޫނީ އެހީތެރިކަން ފްރާންސްގެ އާއިލާއަށް
ވިސާއެއް ނެތި ދިރިއުޅެމުންދާ ފްރާންސްގެ މުސްލިމު އާއިލާ ފުރުވާލުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާއިރު، އެ އާއިލާއަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ އާޒިމާ ޝަކޫރާއި ފާތިމަތު ދިޔާނާ ސައީދު ފައްޓަވައިފި އެވެ. ދެމަފިރިންނާއި ހަތަރު ކުދިންގެ ފްރާންސް އާއިލާ ތ. ވޭމަންޑޫގައި ދިރިއުޅެމުންދާއިރު އެ އާއިލާ ރާއްޖޭގައި އުޅޭތާ 12 އަހަރުވެއްޖެ އެވެ. އެހެންނަމަވެސް އެ މީހުންގެ އެއްވެސް ޓްރެވަލް ޑޮކިއުމަންޓެއް ނެތް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. ފްރާންސްގައި މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން އެނބުރި ގައުމަށް ދާން ބޭނުންނުވާ ކަމަށް ބުނެ ރާއްޖޭގެ ރަށްވެހިކަމަށް އެ އާއިލާއިން އެދިފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ. އަދި ރަށްވެހިކަން ނުލިބޭނަމަ ފުރުވާލަދޭން އެދެ އެވެ. ރާއްޖޭގައި ދިރިއުޅޭތާ އެހާ ގިނަ ދުވަސްވި އެ އާއިލާ ފުރުވާލާތީ އާންމުންގެ ކަންބޮޑުވުން އެކަމުގައި އެބަ އޮތެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ