މާލެ: 31°C

ގެއްލުނު ނޭޕާލް މީހާގެ ހިލަމެއް ނެތް، އަދިވެސް ހޯދަނީ

December 18, 2024
2 ފަހަރު ބަލާފައި
ގެއްލުނު ނޭޕާލް މީހާގެ ހިލަމެއް ނެތް، އަދިވެސް ހޯދަނީ
ގެއްލުނު ނޭޕާލް މީހާގެ ހިލަމެއް ނެތް، އަދިވެސް ހޯދަނީ
އައްޑޫން މާލެ ފުރައިގެން ދަތުރު ކުރި ދޯންޏަކުން ރޭ ގެއްލުނު ފަޅުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދަނީ އައްޑޫ ސިޓީން ފުރައިގެން މާލެ ދަތުރުކުރި ސީމެކްސް ބޯޓުގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ފަޅުވެރިއެއް ކަމަށްވާ ރާޖް ކުމާރު އެވެ. އެ ހާދިސާއާ ގުޅިގެން ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް، ސަދަން އޭރިއާ ސްކޮޑްރަން ގެ އުޅަނދުތަކުން ހިންގި ސާޗް އޮޕަރޭޝަން ގައި ބެލިއިރުވެސް ފަޅުވެރިޔާ ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ބޯޓު އައްޑޫ ސިޓީން ރޭ 11:30 ހާއިރު ފުރިއިރު ރާޖް ކުމާރު ބޯޓުގައި ހުރި ކަމަށެވެ. އަދި ރޭ 1:15 ހާއިރު ކެޕްޓަނާ ވާހަކަ ދެއްކިކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ. ފުލުހުން ކުރިން ބުނީ، ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫއާ ފުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން ކަމަށެވެ. އަދި އޭރު ބޯޓު އޮތީ ފުވައްމުލަކު ސިޓީއާ 8 މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ