މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި ދެ ޓެކްސީ ޑްރައިވަރުން ދޫކޮށްލައިފި

މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި ދެ ޓެކްސީ ޑްރައިވަރުން ދޫކޮށްލައިފި
ލިޔުން:
މިދިޔަ ހަފްތާގެ ބުދަ ދުވަހު ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖު ގައި އާއްމު ދަތުރުފަތުރަށް ހުރަސް އަޅައި މަގު ބްލޮކް ކުރި ކަަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖެހި ދެ ޑްރައިވަރުން މިއަދު ދޫކޮށްލައިފި އެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލައިފައިވަނީ މއ. ވިރާހު، މުހައްމަދު ޝާމިން (36އ) އާއި އަހަރުގެ ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން (33އ) އެވެ.
އެ ދެ ޑްރައިވަރުން ދޫކޮށްލީ، ބަންދުގެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.
އިހުތިޖާޖާ ގުޅިގެން އެ ދެ ޑްރައިވަރުންގެ އިތުރުން ހދ. ކުމުންދޫ، ހޮލިޑޭވިލެޖް، ނުއޫމާން އަހުމަދު (36އ) އާއި މާލެ ސިޓީ, މއ ނަހީދީމަންޒިލް, މިސްބާހު ޝަރީފް (31އ) ހައްޔަރު ކުރި އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާމިންއާއި ޝަބީން އަދި މިސްބާހު 5 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާއިރު ޝަރުތުތަކާއެކު ނުއުމާން ދޫކޮށްލާފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
