މާލެ: 31°C

އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ކަނޑައަޅާފައިވާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

December 17, 2024
2 ފަހަރު ބަލާފައި
އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ކަނޑައަޅާފައިވާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ކަނޑައަޅާފައިވާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ގާނޫނު އަސާސީގައި ހިމަނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ. ސަރުކާރުގެ ފަރާތުން މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ހުށަހެޅުއްވި އެ ބިލްގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ ސައިބާ ކްރައިމާ ގުޅުންހުރި އަމަލުތައް ކުށެއް ކަމުގައި ކަނޑައެޅުމެވެ. އެ ބިލު ފާސްކޮށްފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

ކުށްކަމުގައި ކަނޑައަޅަން ބިލުގައި ހުށަހަޅާފައިވާ ކަންކަން:

  1. ހުއްދަނެތި ކޮމްޕިއުޓަރުތަކަށް އެކްސެސްވުން
  2. އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރުތަކަށް އެކްސެސްވުން
  3. ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާ އިންޓަސެޕްޓުކުރުން
  4. ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާއަށް އިންޓަފިއާކުރުން
  5. ހުއްދަނެތި ކޮންޕިއުޓާ ސިސްޓަމަކަށް އިންޓަފިއާކުރުން
  6. ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން
  7. ސައިބާ ވަޔަލެންސްގެ އަމަލުތައް
  8. ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތައް
  9. ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް
  10. ކޮޕީރައިޓާ އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް
ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން އެ ކޯޓު އަމުރުގައި ނުވަތަ ހުއްދައިގައި ބަޔާންކުރާ ގޮތުގެ މަތިން ކޮންޕިއުޓަރަކަށް, ޕްރޮގްރާމަކަށް, ޑޭޓާއަކަށް, އެއިން އެއްޗެއްގެ ވަކި ބަޔަަކަށް އެކްސެސްވުމަކީ ކުށެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ