ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ބެހޭ ބިލް ތަސްދީޤު ކުރައްވައިފި

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ބެހޭ ބިލް ތަސްދީޤު ކުރައްވައިފި
ލިޔުން:
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ސައިބާ ސްޕޭސްގައި ކުރާ ކުށްތައް ރާއްޖޭގައި އިތުރު ވެފައިވާތީ އާއި އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ އަމަލުތައް ހިންގަމުންދާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކޮށްގެން އިތުރަށް ފުޅާކުރަމުން ދާތީ ސައިބާ ކްރައިމް އާއި އެނޫން ވެސް ކޮމްޕިއުޓާ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެން ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެން ގައުމުތަކާއެކު ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ ގޮތުން ކަނޑައަޅަން ޖެހޭ އިޖުރާއަތުތައް ކަނޑައެޅުމެވެ.
އެ ބިލުގެ ދަށުން އިލެކްޓްރޯނިކް ހެކި ހޯދުމާ ގުޅޭ ގޮތުންނާއި ކޮމްޕިއުޓާ ސިސްޓަމެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވްކުރުމާއި ޕްރިޒާވް ކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސް ގޮތެއްގައި ހާމަކުރުމާ ގުޅޭ ގޮތުންނާއި ރައްކާކޮށްފައިވާ ކޮމްޕިއުޓާ ޑޭޓާއަށް އެކްސެސްވުމާ ގުޅޭ ގޮތުންނާއި ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް ޓަކައި އެހީތެރިކަން ބަދަލުކުރެވޭނެ އެވެ.
އޭގެ އިތުރުން ކޮންޓެންޓް ޑޭޓާ އިންޓާސެޕްޓްކުރުމާ ގުޅޭގޮތުން ގާނޫނީ އެހީތެރިކަން ބަދަލުކުރުމާގުޅޭ އުސޫލުތައް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ.
ކޮމްޕިއުޓާ ޑޭޓާއާ ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަން ޖެހޭ ފަދަ ކުށަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ޓަކައި، 24/7 ނެޓްވާކެއް ގާއިމުކޮށް، އެ ނެޓްވާކުން ފޯރުކޮށްދެވޭ އެހީތެރިކަމުގެ ތެރޭގައި ހިމެނޭނެ ކަންކަން ވެސް އެ ބިލްގައި ކަނޑައަޅާފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
