މާލެ: 31°C

މެރިންކަލްޗާ ދާއިރާއިން ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގެ ދައުވަތު

December 17, 2024
2 ފަހަރު ބަލާފައި
މެރިންކަލްޗާ ދާއިރާއިން ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގެ ދައުވަތު
މެރިންކަލްޗާ ދާއިރާއިން ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގެ ދައުވަތު
މެރިންކަލްޗާ ދާއިރާގައި އިންވެސްޓްކުރުމުގެ ދައުވަތު ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ދެއްވައިފިއެވެ. ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) ޗެއާމަން ލުއާ ޖައުހުއީ އާއި އެކު ބޭއްވި ބައްދަލުމުގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ މެރިކަލްޗާ އަށް އިންވެސްޓް ކުރުމުގެ ފުރުސަތު ވެސް ރާއްޖެ އިން މިހާރު އޮތީ ހުޅުވާލާފައި ކަމަށާއި، ރާއްޖޭގައި މެރިކަލްޗާ ކުރިއަރުވަން މިހާރުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނާތީ އެ ދާއިރާ ކުރިއަރުވަން ޗައިނާގެ އިންވެސްޓަރުން މުހިއްމު ކަން ވަރަށް ބޮޑު ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝިޔާމު އިތުރަށް ވިދާޅުވީ ސަރުކާރުގެ ތަަސައްވަރަކީ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން ވެސް އިތުރުކޮށް މަސްވެރިކަމުގެ އާމްދަނީ އިތުރުކުރުން ކަމަށާއި، ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 65،000 ޓަނުގެ ރޯ މަސް މިހާރުވެސް އެކްސްޕޯޓް ކުރާކަމަށެވެ. އަދި ރާއްޖެއިން އެކްސްޕޯޓް ކުރާ މަސް އެހެން ގައުމު ތަކުގައި ޕްރޮސެސް ކުރުމަށްފަހު ދުނިޔޭގެ އެހެން މާކެޓް ތަކަށް ވިއްކަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. މެރިން ކަލްޗަރ ދާއިރާގެ ގިނަ ފުރުސަތުތަކެއް ރާއްޖޭގައި ހުރިކަން  ފާހަގަކުރައްޗވައި އެކުއަކަލްޗަ ތަރައްޤީ ކުރުމަށް ރާއްޖޭގެ 4 ސަރަހައްދެއްް ސަރުކާރުން ކަނޑައަޅާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ