މާލެ: 31°C

ވިސާއާ ނުލައި ރާއްޖޭގައި އުޅޭ ފްރާންސްގެ އާއިލާ: ރަށްވެހިކަން ނުލިބިއްޖެނަމަ އެނބުރި ގައުމަށް ދަނީ

December 17, 2024
2 ފަހަރު ބަލާފައި
ވިސާއާ ނުލައި ރާއްޖޭގައި އުޅޭ ފްރާންސްގެ އާއިލާ: ރަށްވެހިކަން ނުލިބިއްޖެނަމަ އެނބުރި ގައުމަށް ދަނީ
ވިސާއާ ނުލައި ރާއްޖޭގައި އުޅޭ ފްރާންސްގެ އާއިލާ: ރަށްވެހިކަން ނުލިބިއްޖެނަމަ އެނބުރި ގައުމަށް ދަނީ
ވިސާއާ ނުލައި ރާއްޖޭގައި ދިރިއުޅޭތާ 12 އަހަރު ވެފައިވާ ފްރާންސްގެ އާއިލާއިން ރާއްޖޭގެ ރަށްވެހިކަމަށް އިމިގްރޭޝަންގައި އެދިއްޖެއެވެ.

ބޭރުގެ ފަރާތަކަށް ރާއްޖޭގެ ރަށްވެހިކަން ލިބޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް:

  1. މުސްލިމަކު ކަމުގައިވުން.
  2. އުމުރުން 21 އަހަރުވެ، ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.
  3. މެދުކެނޑުމެއްނެތި ރާއްޖޭގައި 12 އަހަރު ވަންދެން އުޅެމުން އައިސްފައިވާ މީހަކު ކަމުގައިވުން.
  4. ރާއްޖޭގެ ގާނޫނު އަސާސީގެ މައުލޫމާތު އެނގިހުރި މީހަކު ކަމުގައިވުން.
  5. ދިވެހި ބަހުން ވާހަކަ ދައްކަން އެނގުމާއެކު، ރާއްޖޭގެ އަސާސީ ތައުލީމުގެ މުގައްރަރުގައިވާ ފެންވަރަށް ތަކެތި ދަންނަ މީހަކު ކަމުގައިވުން.
  6. ސިޔާސީ ކުށެއް، ނުވަތަ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް، ނުވަތަ، ގާނޫނާ ހިލާފަށް މަސްތުވާ ތަކެތި އުފެއްދުމާއި، ފެތުރުމާއި، އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  7. ރާއްޖެއަށް ބޭނުންތެރި މީހަކު ކަމުގައިވުން.
  8. އެމީހެއްގެ އަސްލު ސިޓިޒެންޝިޕް ދޫކޮށްލާނެ ކަމަށް އިގްރާރުވުމާއެކު، އެ ސިޓިޒެންޝިޕުން ތަނާޒުލްވުމާމެދު އިއްތިރާޒެއް ނެތްކަމުގެ ރަސްމީ ލިޔުމެއް، އެމީހެއްގެ ގައުމުގެ ސަރުކާރުން ހޯދައި ހުށަހެޅުން.
އެދިފައިވާ ގޮތަށް ރަށްވެހިކަން ނުލިބިއްޖެނަމަ އެއާއިލާއިން ބޭނުންވަނީ ވީއެންމެ އަވަހަކަށް ރާއްޖެ ދޫކޮށް ދާން ކަމަށް އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވިއެވެ. އެމީހުންނަށް ރާއްޖެއިން ވިސާދީ، ރާއްޖޭގައި ދިރިއުޅެވޭނެ ގޮތް ހަދައި ދިނުމަށްއެދި ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ގެންދަނީ ހިންގަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ