މާލެ: 31°C

ފުލުހުން މީޑިއާތަކަށް: ނާލު ބޯޓަކުން ނޭޕާލު މީހަކު ގެއްލިގެން މިދަނީ ހޯދަމުން

December 17, 2024
2 ފަހަރު ބަލާފައި
ފުލުހުން މީޑިއާތަކަށް: ނާލު ބޯޓަކުން ނޭޕާލު މީހަކު ގެއްލިގެން މިދަނީ ހޯދަމުން
ފުލުހުން މީޑިއާތަކަށް: ނާލު ބޯޓަކުން ނޭޕާލު މީހަކު ގެއްލިގެން މިދަނީ ހޯދަމުން

އައްޑޫ ސިޓީ އިން ފުރައިގެން މާލެއަށް ދަތުރުކުރި ނާލު ބޯޓަކުން ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ސީމެކްސް ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖް ކުމާރް އެވެ. އޭނާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލައް ސިޓީއާ އަށް މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި ރާޖް ކުމާރު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. އަދި އޭނާ ގެއްލިފައިވާ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ