މާލެ: 31°C

އަލިފާނުގެ ހާދިސާއާ ގުޅިގެން 241 ކޮމިޓީ ރިއެކްޓް ކޮށްފި؛ ފުލުހުންނާއި ސިފައިން ކޮމިޓީއަށް ހާޒިރުކުރަނީ

December 17, 2024
2 ފަހަރު ބަލާފައި
އަލިފާނުގެ ހާދިސާއާ ގުޅިގެން 241 ކޮމިޓީ ރިއެކްޓް ކޮށްފި؛ ފުލުހުންނާއި ސިފައިން ކޮމިޓީއަށް ހާޒިރުކުރަނީ
އަލިފާނުގެ ހާދިސާއާ ގުޅިގެން 241 ކޮމިޓީ ރިއެކްޓް ކޮށްފި؛ ފުލުހުންނާއި ސިފައިން ކޮމިޓީއަށް ހާޒިރުކުރަނީ
ސަރުކާރުގެ 3 މިނިސްޓްރީއެއް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ސިފައިންނާއި ފުލުހުން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން ނިންމައިފި އެވެ. ބުރާސްފަތި ދުވަހުގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ސާފު ކުރުމަށް ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމެވީ ކޮމިޓީގެ މުގައްރިރު އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް(ރެޑް ވޭވްް) އެވެ. ބައްދަލުވުން ތަވާލުކުރީ ބުރާސްފަތި ދުވަހުގެ ހެނދުނު 10 އަށެވެ. އެ ކޮމިޓީއިން އަލިފާނުގެ މައްސަލަ ބަލަން ނިންމާފައިވާއިރު، އެ ހާދިސާގެ ޖިނާއި ތަހުގީގެއް ހިންގައި ދިނުމަށް އެދި ފުލުހަށް ހުށަހަޅަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ ނިންމާފަ އެވެ. އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ، ހާދިސާގެ މިނިވަން ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ގަބޫލުކުރެވޭތީ އެމްޑީޕީން އެކަން ހުށަހަޅާނެ ކަމަށެވެ. އަދި އަލިފާން ނިއްވާލުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ވަކި މައްސަަލައެއްގެ ގޮތުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް (އެންއައިސީ) އަށް ހުށަހަޅާނެ ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ. އަލިފާނުގެ ހާދިސާ ތަހުގީގުކުރުމަށް ބޭރުގެ ޓީމެއް ރާއްޖެއައުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ