ގެއްލުން ވަރަށް ބޮޑު، އޮފީސްތައް ހިންގާނީ އިތުރު ތަނެއް ކުއްޔަށް ނުހިފާ: ރައީސް

ގެއްލުން ވަރަށް ބޮޑު، އޮފީސްތައް ހިންގާނީ އިތުރު ތަނެއް ކުއްޔަށް ނުހިފާ: ރައީސް
ލިޔުން:
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބިގެން ދިއައީ އަގު ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ކަމަށާއި ދާއިމީ ގޮތެއްދެން ހުރިހާ އޮފީހެއް ވެސް ހިންގާނީ ދަރުބާރު ގޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހައުސިން މިނިސްޓްރީ އާއި އެންވަޔާރަމަންޓް މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހިދުމަތްތައް ދަރުބާރުގެ އަށް ބަދަލުކޮށް, ދެމުންގެންދާ ހިދުމަތްތައް ބައްލަވާލައްވާ, މުވައްޒަފުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޮފީސްތައް ހިންގުމަށް އިތުރު ތަނެއް ކުއްޔަށް ނުނަންގަވާނެ ކަމަށެވެ. އެއީ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ހެނދުނު ދަރުބާރުގެއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބިގެން ދިޔައީ އަގު ނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.
އެހެންކަމުން އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބުނު އެ ގެއްލުމުގެ ސަބަބުން މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލި ގޮސްފައިވާކަން ފާހަގަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ގެއްލުން ތަކުން ކުރިމަތިވާނެ ދަތި އުނދަގޫތައް ތަސައްވަރުކުރަން ވެސް އުނދަގޫވާނެ ކަމަށެވެ. ނަމަވެސް އެ ހާލަތުގައި ވެސް މުވައްޒަފުންގެ ފަރާތުން ފެނިގެން ދިއައީ ކެތްތެރިކަން ކަމާއި އެއްބުލުންކަން ރައީސް ރައީސް ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
