މާލެ: 31°C

އީސީގެ މެމްބަރު ކަމަށް ހަސީބު އައްޔަންކުރައްވައިފި

December 16, 2024
2 ފަހަރު ބަލާފައި
އީސީގެ މެމްބަރު ކަމަށް ހަސީބު އައްޔަންކުރައްވައިފި
އީސީގެ މެމްބަރު ކަމަށް ހަސީބު އައްޔަންކުރައްވައިފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އަބްދުލް ހަސީބް އިސްލާއިލް މިއަދު އައްޔަންކޮށްފި އެވެ. އީސީން ބުނީ އެ ކޮމިޝަނުގެ މެންބަރު ކަމަށް ހަސީބް މިއަދު އައްޔަންކުރެެއްވީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. ހަސީބު އައްޔަންކުރީ އީސީގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި, އެ ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވުމުންނެވެ. އެ މަގާމަށް ހަސީބް އައްޔަންކުރަން ރުހުން ހޯދުމަށް ރައީސް ފޮނުއްވި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރި އެވެ. އެ ކޮމިޓީން ހަސީބުގެ އިންޓަވިއުއެއް ކޮށްފައިވާއިރު، އެ އިންޓަވިއުއަށް 88.88 އިންސައްތަ މާކްސް ލިބިފައިވެ އެވެ. ހަސީބަކީ އިންޑިއާގެ ބެންގަލޫރުގެ ޔުނިވާސިޓީއަކުން ކޮމާސްއިން ބެޗްލާސް އަދި މެލޭޝިއާގެ ޔުނިވާސިޓީއަކުން ބިޒްނަސްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ