
ދާއިމީ ހައްލެއް ލިބެންދެން 3 މިނިސްޓްރީ ވެސް ހިންގާނީ ތަނެއް ކުއްޔަށް ނުނަގައި ސަރުކާރުގެ އިމާރާތްތަކުގައި: ރައީސް ޑރ.މުއިއްޒު
ދާއިމީ ހައްލެއް ލިބެންދެން 3 މިނިސްޓްރީ ވެސް ހިންގާނީ ތަނެއް ކުއްޔަށް ނުނަގައި ސަރުކާރުގެ އިމާރާތްތަކުގައި: ރައީސް ޑރ.މުއިއްޒު
ލިޔުން:
އަލިފާނުގެ ހާދިސާގައި ގެއްލުންވި 3 މިނިސްޓްރީވެސް ދާއިމީ ހައްލެއް ލިބެންދެން ހިންގާނީ ތަނެއް ކުއްޔަށް ނުނަގައި ސަރުކާރުގެ އިމާރާތްތަކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުންވި 3 މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގޭގައި ހިންގަމުން އަންނަ ގޮތް ބައްލަވާލުމަށް ދަރުބާރުގެއަށް ވަޑައިގެން 3 މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ދަރުބާރުގޭގައި މިހާރު ހިންގަން ފަށާފައިވާ 3 މިނިސްޓްރީ ވެސް ވީހާވެސް އާންމު ހާލަތަކަށް އޮފީސް މާހައުލު ހެދުމަށްޓަކައި ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.
އެގޮތުން ދަރުބާރުގޭގައި ފާހާނަ އިތުރުކުރުމަށާއި، ކެފެޓީރިއާގެ ޚިދުމަތް ދިނުމަށާއި، ދެންވެސް މަދުވާ އިލެކްޓްރޯނިކްސް، ކޮމްޕިއުޓަރ ސިސްޓަމްފަދަ ތަކެތި ހޯއްދެވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަލިފާނުގެ ހާދިސާގައި އިމާރަތް ނެތިދިޔަ 3 މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާކަންވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުގެ ޚިދުމަތް ދިނުމަށް ވިސްނަވާފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
