މާލެ: 31°C

އެމްޑީޕީ ޖަގަހަ ޖަލްސާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ދުވާފަރު ކައުންސިލުގެ މެމްބަރު ޕޮލިހަށް ހާޒިރުކުރަނީ

December 16, 2024
2 ފަހަރު ބަލާފައި
އެމްޑީޕީ ޖަގަހަ ޖަލްސާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ދުވާފަރު ކައުންސިލުގެ މެމްބަރު ޕޮލިހަށް ހާޒިރުކުރަނީ
އެމްޑީޕީ ޖަގަހަ ޖަލްސާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ދުވާފަރު ކައުންސިލުގެ މެމްބަރު ޕޮލިހަށް ހާޒިރުކުރަނީ
އެމްޑީޕީގެ މައި ދަނޑިކޮށި ޖަހައިގައި ދެއްކި ވާހަކަތަކަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ރ. ދުވާފަރުގެ އެމްޑީޕީ ކައުންސިލަރު, މަރިޔަމް ޔަޝްފާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ. ފުރަތަމަ ދުވާފަރު ޕޮލިސް ސްޓޭނަށް ހާޒިރުވާން އެންގުމަށް ފަހު، ޔަޝްފާ މާލޭގައި ހުރުމުން، މާދަމާ ހެނދުނު 10:30 އަށް ފުލުހުންގެ ޝާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވާން އޭނާއަށް ވަނީ ޗިޓް ފޮނުވާފައެވެ. ހަރުގެ ޖަލްސާގައި ޔަޝްފާ މައިގަނޑު ގޮތެއްގައި ދެއްކީ އެ ރަށުގައި ކުރިއަށް ދިޔަ މަޝްރޫއުތައް ހުއްޓިފައި ހުރި ވާހަކައާއި އެ މަސައްކަތްތައް ނުފެށި ލަސްވާ ވާހަކައިގެ އިތުރުން ބައެއް މަސައްކަތްތައް އުނިކޮށްފައި ހުރި ވާހަކައެވެ. އަދި ވަކި މީހެއްގެ ނަން ނުގެނެސް، ޔަޝްފާ ވަނީ ސިޔާސީ ރައިވަރެއް ވެސް ކިޔާފައެވެ. އަދި ދާދި ފަހުން "ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ޔަޝްފާ ކިޔާފައިވާ ސިޔާސީ ލަވަ ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ