މާލެ: 31°C

އަލިފާނުގެ ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެމްޑީޕީން ޕޮލިހުގައި އެދެނީ؛ ޕޮލިހުން ކުރިން ބުނެފައި ވަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ވަރުގަދަ ތަހުގީގެއް ހިންގާނެ ކަމަށް

December 16, 2024
2 ފަހަރު ބަލާފައި
އަލިފާނުގެ ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެމްޑީޕީން ޕޮލިހުގައި އެދެނީ؛ ޕޮލިހުން ކުރިން ބުނެފައި ވަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ވަރުގަދަ ތަހުގީގެއް ހިންގާނެ ކަމަށް
އަލިފާނުގެ ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެމްޑީޕީން ޕޮލިހުގައި އެދެނީ؛ ޕޮލިހުން ކުރިން ބުނެފައި ވަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ވަރުގަދަ ތަހުގީގެއް ހިންގާނެ ކަމަށް
ސަރުކާރުގެ ތިން މުވައްސަސާއެއް ހިންގަމުން އައި ބިލްޑިންގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގެ ޖިނާއި ތަހުގީގެއް ހިންގައި ދިނުމަށް އެދި ފުލުހަށް ހުށަހަޅަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ނިންމައިފި އެވެ. ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގައި އަލިފާން ރޯވީ ބުރާސްފަތި ދުވަހު ހެނދުނު އެވެ. އެ މިނިސްޓްރީތައް ވަގުތީ ގޮތުން ހިންގަމުން ދަނީ ދަރުބާރުގޭގަ އެވެ. ތިން މިނިސްޓްރީވެސް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ގާނޫނީ ވަކީލު މަހުފޫޒް ސައީދު ވިދާޅުވީ ހާދިސާގެ މިނިވަން ތަހުގީގު ހިންގަން ޖެހޭ ކަމަށް ގަބޫލުކުރެވޭތީ އެމްޑީޕީން އެކަން ހުށަހަޅާނެ ކަމަށެވެ. "ފުލުހުންނަށް އެބަ ހުށަހަޅަން، ޖިނާއީ ތަހުގީގެއް ހިންގަން. ސިފައިން ބައިވެރިކޮށްގެން. މިއަދު ވަގުތެއްގައި ރިކުއެސްޓް ފޮނުވާނަން" އަލިފާން ނިއްވާލުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ވަކި މައްސަަލައެއްގެ ގޮތުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް (އެންއައިސީ) އަށް ހުށަހަޅާނެ ކަމަށް މަހުފޫޒް ވިދާޅުވި އެވެ. އެ ޕްރެސްގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސަށް މިއަދު ސިޓީ ފޮނުވާނެ ކަމަށެވެ. އަދި 241 ކޮމިޓީގައި އެ ހާދިސާ  ތަހުގީގު ކޮށްދިނުމަށް އެދޭނެ ކަމަށް ވިދާޅުވި އެވެ. މީގެ ކުރިން ކަމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގުމަށްޓަކައި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ގެންނަން ވަނީ ނިންމާފައެވެ. ޖިނާއީ ތަހުގީގު ނިމުމުގެ ކުރިން ހާދިސާ ހިނގި ސަރަހައްދު ސާފުކުރަމުން ގެންދާތީ ތަހުގީގަށް ބޭނުންވާ މުހިއްމު ހެކިތައް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އާންމުން ގެންދަނީ ފާޅުކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ