
އަލިފާނުގެ ހާދިސާއާއިގުޅިގެން ދަރުބާރުގެއަށް ބަދަލުކުރި 3 މިނިސްޓްރީގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް ޑރ.މުއިއްޒު ބައްލަވާލައްވައިފި
އަލިފާނުގެ ހާދިސާއާއިގުޅިގެން ދަރުބާރުގެއަށް ބަދަލުކުރި 3 މިނިސްޓްރީގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް ޑރ.މުއިއްޒު ބައްލަވާލައްވައިފި
ލިޔުން:
އަލިފާނުގެ ހާދިސާއާއިގުޅިގެން ދަރުބާރުގެއަށް ބަދަލުކުރި 3 މިނިސްޓްރީގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް ޑރ.މުއިއްޒު ބައްލަވާލައްވައިފިއެވެ.
އަލިފާނުގެ ހާދިސާގައި އެނދި 3 މިނިސްޓްރީ ކަމުގައިވާ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ގެ މަސައްކަތްތައް ހިންގުމަށް ދަރުބާރުގޭގައި ހެދާފައިވާ ވަގުތީ އޮފީސްތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދުގެ ހެނދުނު ދަރުބާރުގެއަށް ވަނީ ވަޑައިގަންނަވާފައެވެ.
ދަރުބާރުގެއަށް ވަޑައިގެން 3 މިނިސްޓްރީގެ މުވައްޒަފުންނާ މުޚާތަބުކުރައްވައި ރައީސް ޑރ.މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބިގެން ދިޔައީ އަގު ނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއްކަން ފާހަގަކުރައްވައި އަލިފާނުގެ ހާދިސާގައި މުވައްޒަފުންގެ އަމިލއްލަ ތަކެތިވެސް ގެއްލިގެން ގޮސްފައިވާތީ އެކަމުގެ ސަބަބުން މުވައްޒަފުންނަށް ލިބޭނެ ގެއްލުން ފާހަގަކުރައްވައި އެފަދަ ހާލަތެއްގައިވެސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ އެއްބާރުން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
