މާލެ: 31°C

 ޝަރީއަތް ލަސްވުމާ ކޮންމެ ފަހަރަކީ މީހުން ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން: ހައިކޯޓް ފަނޑިޔާރު ނިޔާޒު

December 16, 2024
2 ފަހަރު ބަލާފައި
 ޝަރީއަތް ލަސްވުމާ ކޮންމެ ފަހަރަކީ މީހުން ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން: ހައިކޯޓް ފަނޑިޔާރު ނިޔާޒު
 ޝަރީއަތް ލަސްވުމާ ކޮންމެ ފަހަރަކީ މީހުން ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން: ހައިކޯޓް ފަނޑިޔާރު ނިޔާޒު
ޝަރީއަތް ލަސްވުމާ ކޮންމެ ފަހަރަކީ މީހުން ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒު ވިދާޅުވެއްޖެއެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލާގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން ދައުލަތުން  އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިސްތިއުނާފު ކުރުމުން ފަނޑިޔާރުން ވަކިވަކިން ނެރުނު ރައުޔުގައެވެ. ފަނޑިޔާރުންގެ މަޖިލީހުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ ލަމްހާ ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު އިތުރަށް ބަލާނެ ބޭނުމެއް ނެތް ކަމަށެވެ. ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުމުގައި ގޯހެއް ނެތް ކަމަށެވެ. ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ. ނިޔާޒުގެ ރައުޔުގައި ވިދާޅުވެފައި ވަނީ ޝަރީއަތް ލަސްވުމުން އެކަމަށް ހައްލެއް ހޯދުމުގެ ބަދަލުގައި މީހުން ބަންދުން ދޫކުރުމަކީ ކުރެވޭނެ ކަމެއްތޯ ހައި ކޯޓުން ބަލަން ޖެހޭ ކަމަށެވެ.

އޮކްޓޫބަރު، 2021 ގައި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އޭގެ ތެރެއިން ލަމްހާ މިދިޔަ މަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.

މިނިވަން އަށް ވާހަކަ ދެއްކި ބައެއް ވަކީލުން ވިދާޅުވީ، ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ނިންމުމަކީ ވާނުވާއަށް ނިމުން ގެނައުމުގެ މަޢުލޫމާއާ ވެސް ގުޅޭ މުހިއްމު ނިންމެއް ކަމަށް ވާތީ ތާޢީދު ކުރެވޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ