
ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓް ސަސްޕެންޑް ކޮށްފި
ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓް ސަސްޕެންޑް ކޮށްފި
ލިޔުން:
ސޯޝަލް މީޑިއާ އެކްސް ޕްލެޓްފޯމުގައި HKurusee@ ގެ ނަމުގައި ހިންގަމުން އައި އެކައުންޓް އެކްސް އިން ސަސްޕެންޑް ކޮސްފިއެވެ.
ރާއްޖޭގެ ސަރުކާރާ ދައުލަތާ އަދި އިޖުތިމާއީ މައްސަލަތަކުގައި ގިނަ ފަރާތްތަކަކުން ސިއްރުން ފޯރުކޮށްދޭ މައުލޫމާތު ހާމަކުރަމުންގެންދިޔަ HKurusee@ އެކައުންޓު ސަސްޕެންޑް ކުރި ސަބަބެއް ކަމުގައި ބުނެފައިވަނީ އެކްސް ޕްލެޓްފޯމުގެ އިޖުތިމާއީ މިންގަނޑާ ޚިލާފުވުން ކަމުގައިއެވެ.
މީގެ ކުރިން ވެސް އެކި ފަހަރުމަތިން އެ އެކައުންޓް ސަސްޕެންޑް ކޮސްފައިވެއެވެ. އަދި އެ އެކައުންޓް ހިންގާ ފަރާތެއް ހޯދުމަށްޓަކައި ކުރިމިނަލް ކޯޓުން އަމުރެއްވެސް ނެރެފައިވެއެވެ. އެ އަމުރު ނެރެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެ އެކައުންޓް ގެ ސަބަބުން ތަންތަނުގެ ވެރިން ހިންގާ ނޭއްގާނީ ވަރަށްގިނަ ކަންކަން ހިންގުމަށް ހުރަހަކަށް ވެފައިވާ ކަމަށް ގިނަ ފަރާތްތަކަކުން ބުނަމުންދާއިރު، ސައްހަކަން ނުބަލައި މީހުންގެ އަބުރަށާއި އިއްޒަތަށް އުނިކަން ލިބޭ ފަދަ މައުލޫމާތުވެސް އެ އެކައުންޓުން ފަތުރާ ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
