މާލެ: 31°C

މިއަދުން ފެށިގެން ވޭޕްކުރުމާއި، ވޭޕް ވިއްކުމާ ހިލޭ ބެހުމަކީ ގާނޫނީ ކުށެއް

December 14, 2024
2 ފަހަރު ބަލާފައި
މިއަދުން ފެށިގެން ވޭޕްކުރުމާއި، ވޭޕް ވިއްކުމާ ހިލޭ ބެހުމަކީ ގާނޫނީ ކުށެއް
މިއަދުން ފެށިގެން ވޭޕްކުރުމާއި، ވޭޕް ވިއްކުމާ ހިލޭ ބެހުމަކީ ގާނޫނީ ކުށެއް
ދުންފަތްކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން މިއަދުން ފެށިގެން ވޭޕްކުރުމާއި، ވޭޕް ވިއްކައި ނުވަތަ ހިލޭ ބަހާ ފަރާތްތަށް ޤާނޫނީ ގޮތުން ކުއްވެރިވާނެއެވެ. ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި ދުންފަތްކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓާއެކު މިއަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހު އެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރައްވާފައިވަނީ 14 ނޮވެމްބަރު 2024 ގައި އެވެ. އެ ބިލު ތަސްދީގު ކުރުމާއެކު އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުމާ ގުޅޭ މާއްދާތައްް ފިޔަވައި ދެންހުރި މާއްދާ ތަކަށް 15 ނޮވެމްބަރު 2024 އިން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެއެ. އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުމާ ގުޅޭ މާއްދާތައްްކަށް އަމަލު ކުރަން ފެށުމަށް އެ ގާނޫނުގައި ކަނޑައަޅާފައިވަނީ 15 ޑިސެންބަރު 2024 އިން ފެށިގެންނެވެ. އެގޮތުން ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް މިއަދުން ފެށިގެން  ވިއްކާ ނުވަތަ ހިލޭ ބެހާ ފަރާތްތަށް 10،000 ރުފިޔާއިން އަދި މިއަދުން ފެށިގެން ވޭޕް ބޭނުންކުރާ ފަރާތްތައް 5،000 ރުފިޔާއިން، އެ ގާނޫނު ގެ ދަށުން ޖޫރުިމަނާ ކުރެވޭނެއެވެ. އަދި އެ ގާނޫނުގައި ބުނެފައިވާ ގޮތުން ވޭޕްކުރުމަށް ބޭނުންކުރާ އާލަތްތައް ކުޑަކުއަޖަކަށް ވިއްކައިފިނަމަ ނުވަތަ ކުޑަކުއްޖަކަށް ހިލޭ ދީފި ނަމަ އެ ފަރާތެއް މި ގާނޫނ ުގެ ދަށުން 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އެ ގާނޫނުގެ ދަށުން ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް 21 އަހަރުގެ ދަށުގެ މީހަކަށް ނުވަތަ ކުއްޖަކަށް ވިއްކުމަކީވެސް މަނާކަމެކެވެ. އަދި އީ ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުކުރާތަކެތި ރާއްޖެ އެތެރެކޮށްފި ނަމަ 50,000ރ ޖޫރިމަނާކޮށް, ކޮންމެ އީ ސިނގިރޭޓަކުން ނުވަތަ ވޭޕްގެ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުޔން އެތަކެތި ވިއްކުން މަނާވާއިރު އެކަމާ ހިލާފުވެއްޖެނަމަ 20,000ރ ޖޫރިމަނާކޮށް, ކޮންމެ އާލާތަކަށް 10,000ރ ގެ މަގުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ ގާނޫނުގައި ވެއެވެ. އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ