ވުޒާރާއަށް ބަލާއިރު ގާތްގަނޑަކަށް ވުޒާރާގައި ހުރހުރިިހާ ލިޔެކިޔުމަކާއި ޑޭޓާއެއް އެއްކޮށް އެދިޔައީ، ހާއްސަކޮށް އަހަރެމެންގެ ސާވާ ސަލާމަތް ނުކުރެވޭނެކަމަށް މިހާރު ބެލެވެނީ، އެހެންވެއްޖެޔާ އެއީ ވަރަށް ބޮޑު ގެއްލުމެއް އަޅުގަނޑުމެން އަތުގައި ހުރި ހުރިހާ މައުލޫމާތެއް ގެއްލިގެން އެދިޔައީ، ވަރަށްގިނަ ހުރިހާ މުވައްޒަފުންގެ މައުލޫމާތާ، އަދި އަޅުގަނޑުމެން ކުރަމުން އައި ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތު ރައްކާކުރެވިފައި ހުންނާނީ ސާވާގަ، އެސާވާއަށް އެކްސެސް ނުވެވެންޔާ އެ މައުލޫމާތު އަޅުގަނޑުމެންނަށް އަނބުރާ ހޯދޭނެގޮތެއް ނޯންނާނެ، ދެން ހުރިހާ ލިޔެކިޔުމެއްވެސް އަނދައި އެދިޔައީ އެހެންވީމަ އެއީ ވަރަށްބޮޑު ގެއްލުމެއްއެ މިނިސްޓްރީން ހިންގި ބިންބެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުގެ މައުލޫމާތު ރައްކާކޮށްފައި ހުންނާނީ ކްލައުޑ ގައި ކަމަށާއި އެ މަސައްކަތާ ގުޅޭ އެއްވެސް ކަމަކަށް އަލިވާފުނެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާނެ ކަމަށްވެސް މިނިސްޓަރ ޑރ.އަލީ ހައިދަރު ވިދާޅުވިއެވެ.

ގެދޮރުވެރިން ޕްރޮގްރާމު ފިޔަވައި ހައުސިންގ މިނިސްޓްރީން ހިންގަމުންއައި ހުރިހާ މަޝްރޫޢުތަކާއި، މުވައްޒަފުންނާ ބެހޭ މައުލޫމާތު ވަނީ ގެއްލިފައި
ގެދޮރުވެރިން ޕްރޮގްރާމު ފިޔަވައި ހައުސިންގ މިނިސްޓްރީން ހިންގަމުންއައި ހުރިހާ މަޝްރޫޢުތަކާއި، މުވައްޒަފުންނާ ބެހޭ މައުލޫމާތު ވަނީ ގެއްލިފައި
ލިޔުން:
ގެދޮރުވެރިން ޕްރޮގްރާމު ފިޔަވައި ހައުސިންގ މިނިސްޓްރީން ކުރަމުންއައި ހުރިހާ މަސައްކަތާއި، މުވައްޒަފުންނާ ބެހޭ މައުލޫމާތު ހުރީ މިނިސްޓްރީގެ ސާވާގައި ކަމަށާއި، ސާވާ އާއިއެކު އެހުރިހާ މައުލޫމާތެއް އެވަނީ ގެއްލިފައިކަމަށް ހައުސިންގ މިނިސްޓަރ ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުމެއްގައި ހައުސިންގ މިނިސްޓަރ ޑރ.އަލީ ހައިދަރު ވިދާޅުވީ އަލިފާނުގެ ހާދިސާގައި މިނިސްޓްރީގައި ހުރި ހުރިހާ ލިޔެކިޔުމެއް އަނދާފައިވާ ކަމަށާއި، މިނިސްޓްރީން ކުރަމުން އައި އުމްރާނީ ތަރައްގީގެ ހުރިހާ މަޝްރޫޢުތަކަކާއި މުވައްޒަފުންނާ ބެހޭ މައުލޫމާތު ހުންނާނީ މިނިސްޓްރީގެ ސާވާގައި ކަމަށާއި، އެ ސާވާ ސަލާމަތްކުރެވޭނެ ކަމަށް މިހާރު ނުބެލެވޭތީ މިނިސްޓްރީން ހިންގަމުންއައި މަޝްރޫޢުތަކާއި މުވައްޒަފުންގެ ހުރިހާ މައުލޫމާތު ގެއްލޭނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
