މާލެ: 31°C

އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއެކު ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ދަމަހައްޓަން: މަޖިލިސް ރައީސް އަބްދުއްރަހީމް

December 13, 2024
2 ފަހަރު ބަލާފައި
އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއެކު ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ދަމަހައްޓަން: މަޖިލިސް ރައީސް އަބްދުއްރަހީމް
އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއެކު ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ދަމަހައްޓަން: މަޖިލިސް ރައީސް އަބްދުއްރަހީމް
ވެރިއެއްގެ ފަހަތުގައި އެކަތިގަނޑއްގެ ގޮތުގައި މިހާތަނަށް އޮތް ހަމައެކަނި ލީޑާޝިޕަކީ ޕީއެންސީގެ ލީޑަރޝިޕް ކަމަށާއި، އެ ބޭފުޅުން ތިއްބެވީ ވަރަށް ސާބިތުކަމާއެކީ ރައީސް ޑރ.މުއިއްޒުގެ ވަރިކަން ދަމަހައްޓަވަން ކަމުގައި ޕީއެންސީގެ ޗެއާ ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްކުރައްވައި ޕީއެންސީގެ ޗެއާރޕާސަން އަބްދުލްރަހީމްި ވިދާޅުވީ އެމްޑީޕީ އަށް ވެރިކަމުގައި ތިބިއިރު ވެސް ޕީއެންސީގެ ލީޑަޝިޕް ބައިބައި ނުކޮށްލެވުނު ކަމަށާއި އެކަން ދެން ވެސް ނުކުރެވޭނެ ކަމަށާއި، ވެރިއެއްގެ ފަހަތުގައި އެކަތިގަނޑއްގެ ގޮތުގައި މިހާތަނަށް އޮތް ހަމައެކަނި ލީޑާޝިޕަކީ ޕީއެންސީގެ ލީޑަރޝިޕް ކަމަށާއި އެ ބޭފުޅުން ތިއްބެވީ ރައީސް ޑރ.މުއިއްޒުގެ ވަރިކަން ދަމަހައްޓުމުގެ އަޒުމުގައި ކަމަށެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ ޕީއެންސީ ވެރިކަމަށް އައީ އިދިކޮޅުގަ އެ ޕާޓީ އޮތް އިރު ލީޑަޝިޕްގައި ތިބި މީހުންނަށް ވުރެ ގިނަ މީހުންނާއެކު ކަމަށާއި ޕީއެންސީގެ ލީޑަޝިޕް އޮތީ މި ސަރުކާރަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އަދި ރައްޔިތުންގެ ތާއީދާއި ލޯބި އެންމެ ބޮޑަށް ލިބިފައިވާ ސަރުކާރަށް ހެދުމަށްޓަކާ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި ސަރުކާރާ ޕާޓީއާއި އޮންނަ ބަދަހި ގުޅުން ރައްޔިތުންނަށް ދައްކައިދޭނެ ކަމަށާއި އެ ބޭފުޅުން ތިއްބެވީ ސާބިތުކަމާއެކު ރައީސް ޑރ.މުއިއްޒުގެ ވެރިކަން ދަމަހައްޓަން އަޒުމުކަނޑައަޅައިގެން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ