އަނެއްކާވެސް އަލިފާނުގެ ބޮޑު ހާދިސާއެއް: ބިލްޑިންގ އަނދާ ހުލިވަނީ

އަނެއްކާވެސް އަލިފާނުގެ ބޮޑު ހާދިސާއެއް: ބިލްޑިންގ އަނދާ ހުލިވަނީ
ލިޔުން:
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ހުންނަ މ. ގްރީން ބިލްޑިންގައި އަލިފާން ރޯވެ އަދަން ފަށައިފި އެވެ.
މައުލޫމާތު ލިބޭ ގޮތުން ގްރީން ބިލްޑިންގައި އަލިފާން ރޯވެފައި ވަނީ މިއަދު ހެނދުނު 7:30 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ ބުނީ ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިޔު ސާވިސަސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ގްރީން ބިލްޑިންގައި ރޯވިއިރު، އެ އިމާރާތާ ޖެހިގެން ހުންނަ އޮފީސް އިމާރާތްތަކުންނާއި އެ ސަރަހައްދުގައި ހުރި ބައެއް އޮފީސް އިމާރާތްތަކުން މުވައްޒަފުން ވަނީ ނެރެފަ އެވެ. އަދި އެ ސަރަހައްދުގައި ހުރި ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ދަނީ ކުރަމުންނެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެބަތިއްބެވި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ހިންގަމުން އަންނަ އިމާރާތުގައި ރޯވި އަލިފާނުގެ ދުމުގެ އަސަރު މުޅި އެ ސަރަހައްދަށް ދަނީ ފެތުރެމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
