އަޅުގަނޑުގެ ޕީއެންސީ އަހުންނަށް ހަނދުމަފުޅުކޮށް އަރުވަން. ހަގީގަތަކީ، މަގު މައްޗަށް ޝުއޫރު ފާޅުކުރަން ނިކުންނަ މީހުންގެ އަދަދުން އިނގޭ ކަމެއްނޫން، އަޅުގަނޑުމެން އިދިކޮޅުގަ ތިބެގެން އެމްޑީޕީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރިއިރު މާލެން މަގުމަށްޗަށް ނިކުމެލަން 100 މީހުން ނުވި ދުވަސްދިޔަ. ހަނދުމަފުޅު ހުންނަވާނެ، އެންމެ މީހުން ނިކުތް ދުވަހަކީ ޕީޕީއެމްގެ ހޯޕް ކޮންފަރެންސް އަށް މުޅިރާއްޖެއިން މީހުން އައިސްގެން ބޭއްވުނު ރެލީ އެކަނި، ޔަގީންކަމަކީ ރައްޔިތުން ތިބީ ވަރަށް މާޔޫސްވެފައި، ވިޔަފާރިވެރިންނާއި މަސްވެރިންވެސް އެހެން. ފަރުވާއެއް ހޯއްދަވަންވަނީ މި މާޔޫސްކަމަށް. ގިނަމީހުންގެ އަޑު އިއްވަނީ ވޯޓުން. ޑިފެންސްއަށް ކުޅުއްވުން ހުއްޓަވާލައްވާ ކުރައްވަންވީ ކަމަކީ ބާކީ މިއޮތް ހަތަރު އަހަރު ނަތީޖާ ދައްކަވަންވީ.

ރައްޔިތުން ތިބީ ވަރަށް މާޔޫސްވެފައި، ކުރައްވަންވީ ކަމަކީ ބާކީ މިއޮތް ހަތަރު އަހަރު ނަތީޖާ ނެރެދެއްވުން: މެންބަރު އަބްދުއްރަހްމާން (އައްދު)
ރައްޔިތުން ތިބީ ވަރަށް މާޔޫސްވެފައި، ކުރައްވަންވީ ކަމަކީ ބާކީ މިއޮތް ހަތަރު އަހަރު ނަތީޖާ ނެރެދެއްވުން: މެންބަރު އަބްދުއްރަހްމާން (އައްދު)
ލިޔުން:
ޔަގީންކަމަކީ ރައްޔިތުން ތިބީ ވަރަށް މާޔޫސްވެފައި ކަމަށާއި، ޑިފެންސްއަށް ކުޅުއްވުން ހުއްޓަވާލައްވާ ކުރައްވަންވީ ކަމަކީ ބާކީ މިއޮތް ހަތަރު އަހަރު ނަތީޖާ ނެރެދެއްވުންކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން (އައްދު) ޕީއެންސީ އަށް ގޮވާލައްވައިފިއެވެ.
އައްދުގެ އެކްސް އެކައުންޓުން ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ އެބޭފުޅުން އިދިކޮޅުގަ ތިބެގެން އެމްޑީޕީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރިއިރު މާލެން މަގުމަށްޗަށް ނިކުމެލަން 100 މީހުން ނުވި ދުވަސްދިޔަ ކަމަށާއި، އެންމެ މީހުން ނިކުތް ދުވަހަކީ ޕީޕީއެމްގެ ހޯޕް ކޮންފަރެންސް އަށް މުޅިރާއްޖެއިން މީހުން އައިސްގެން ބޭއްވުނު ރެލީ އެކަނި ކަމަށާއި، ޔަގީންކަމަކީ ރައްޔިތުން ތިބީ ވަރަށް މާޔޫސްވެފައި ކަމެވެ.
އެހެންކަމުން އެ ބޭފުޅާގެ ޕީއެންސީގެ ގާތްފަރާތަކަށް ގޮވާލާފައިވަނީ ފަރުވާއެއް ހޯއްދަވަންވަނީ މި މާޔޫސްކަމަށް ކަމަށާއި، ގިނަމީހުންގެ އަޑު އިއްވަނީ ވޯޓުން ކަމަށްވާއިރު ޑިފެންސްއަށް ކުޅުއްވުން ހުއްޓަވާލައްވާ ކުރައްވަންވީ ކަމަކީ ބާކީ މިއޮތް ހަތަރު އަހަރު ނަތީޖާ ނެރެދެއްވުން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
