މާލެ: 31°C

މަޓީން އެދުނީ ޑޮލަރު މާރުކުރަން ޖެހޭ އަދަދު ދަށް ކޮށްދިނުމަށް

December 11, 2024
2 ފަހަރު ބަލާފައި
މަޓީން އެދުނީ ޑޮލަރު މާރުކުރަން ޖެހޭ އަދަދު ދަށް ކޮށްދިނުމަށް
މަޓީން އެދުނީ ޑޮލަރު މާރުކުރަން ޖެހޭ އަދަދު ދަށް ކޮށްދިނުމަށް
ރިސޯޓްތަކުގެ އާމްދަނީން ޑޮލަރު މާރުކުރަން ގާނޫނުން މަޖުބޫރުކުރާ އަދަދު، %10-15 ދޭތެރޭގެ އަދަދެއް ކަމުގައި ހަމަޖެއްސުމަށް، މަޓީގެ ފަރާތުން މިއަދު މަޖިލީހުގެ ކޮމިޓީގައި އެދިއްޖެ އެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބޭރު ފައިސާގެ މުއާމަލާތް ކުރުމާ ގުޅޭ ބިލުގެ މަސައްކަތް މާލިއްޔަތު ކޮމިޓީގައި މިއަދު ކުރިއަށް ދިޔައިރު މަޓީގެ ބޭފުޅުން ވަނީ ކޮމިޓީއަށް ހާޒިރުކޮށް ހިޔާލު ހޯދައިފަ އެވެ. އެ ކޮމިޓީ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އެ ކޮމިޓީގައި ކޮމިޓީގައި އެދުނީ ރިސޯޓުތަކުގެ އާމްދަނީން ބޭރު ފައިސާ މާރުކުރަން ބިލުގައި ހިމަނާފައިވާ އަދަދު ގާނޫނަށް އަމަލުކުރަން ފަށާ ފުރަތަމަ އަހަރު %10ގައި ބެހެއްޓުމަށް؛ އަދި ދެވަނަ އަހަރު އެ އަދަދު %15 އަށް ހެދުމަށް ކަމަށް މިނިވަން އަށް އެނގިފައިވެއެވެ. ސަރުކާރުން ހުށަހަޅާފައި ވަނީ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް އެމްއެމްއޭއަށް މާރުކުރަން ޖެހޭ ގޮތަށެވެ. އެގޮތަށް މަޓީން ހުށަހެޅީ ކުއްލިއަކަށް އެފަދަ ބަދަލެއް ގެނައުމުން ބޭރު ފައިސާއިން ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ލޯނުތަކާއި އެހެން ވެސް ކަންކަމަށް އުނދަގޫތަކާ ކުރިމަތިވެދާނެތީ ކަމަށްވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ