މާލެ: 31°C

މިފްކޯއަށް 700 މިލިއަން ރުފިޔާގެ އޯވަރޑް ޑްރާފްޓް ދޫކުރި ވާހަކަ ބީއެމްއެލްއިން ދޮގުކޮށްފި

December 11, 2024
2 ފަހަރު ބަލާފައި
މިފްކޯއަށް 700 މިލިއަން ރުފިޔާގެ އޯވަރޑް ޑްރާފްޓް ދޫކުރި ވާހަކަ ބީއެމްއެލްއިން ދޮގުކޮށްފި
މިފްކޯއަށް 700 މިލިއަން ރުފިޔާގެ އޯވަރޑް ޑްރާފްޓް ދޫކުރި ވާހަކަ ބީއެމްއެލްއިން ދޮގުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމު އުސޫލުތަކާ ޚިލާފަށް މިފްކޯއަށް 700 މިލިއަން ރުފިޔާގެ އޯވަރޑްރާފްޓެއް ދޫކޮށްފައިވާ ކަމަށް ބުނާ ވާހަކަ އެ ބޭންކުން ދޮގު ކޮށްފިއެވެ. މިކަން ބީއެމްއެލްއިން ހާމަކޮށްފައިވަނީ އިއްޔެ ނެރުނު ބަޔާނެއްގައެވެ. ބީއެމްއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ”އަދަދު“ ނޫހުން ފަތުރާފައި ވަނީ ދޮގު ޚަބަރެއް ކަމަށާއި، ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް ޚަބަރު ޝާއިއު ކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި ބީއެމްއެލްއިން ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އަންނަނީ ބޭންކިން ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކަށް ބަލްކް ޓްރާންސްފާގެ ޚިދުމަތް ދެމުން އަންނަނީ އާންމު އުސޫލާ އެއްގޮތަށެވެ. އަދި ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންގެ ރައްކާތެރިކަން ކަމަށް ވީހިނދު، ބޭންކުން އަބަދުވެސް އަމަލު ކުރަމުން ދާނީ ހަރުދަނާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމުގެ ޔަގީންކަން ދީފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ