މާލެ: 31°C

ރައީސް ސޯލިހާއި ފައްޔާޒްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަންގައިފި

December 11, 2024
2 ފަހަރު ބަލާފައި
ރައީސް ސޯލިހާއި ފައްޔާޒްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަންގައިފި
ރައީސް ސޯލިހާއި ފައްޔާޒްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަންގައިފި
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ. މިއީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ މުދަލާއި ފައިސާގެ މައްސަލައާ ގުޅިގެން ހިންގަން ނިންމި ތަހުގީގެކެވެ. އެގޮތުން މި ތަހުގީގު ހިންގާ، ދައުވާ ކުރެވޭނަމަ ދައުވާ ކުރުމަށް ބަންޑާރަ ނައިބަށް ލަފާ ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ރައީސް ސޯލިހުގެ އިތުރުން އެމަނިކުފާނުގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އަލީ ޝިޔާމް އާއި އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލުގެ މައްޗަށްވެސް ތަހުގީގެއް ހިންގުމަށް ކޮމިޓީން ފާސް ކުރި އެވެ. މި ތިން މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭކަމަށް ކޮމިޓީން ނިންމީ ދައުލަތުގެ އިސް މަޤާމުތަކުގައި ތިބެ، ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ވާޖިބުތަކާ ޚިލާފަށް، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާއާއި މުދަލުގެ ޙައްޤުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިބިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެވެ. މީގެ އިތުރުން ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ ބާތިލު އެއްބަސްވުންތަކެއްކަމަށް ކޮމިޓީއަށް ފެންނާތީ އެ އެއްބަސްވުންތައް ބާތިލު ކުރުމަށް ކުރަންޖެހޭ ގާނޫނީ ކަންކަން ކުރުމަށްވެސް ބަންޑާރަ ނައިބަށާއި ކަމާ ގުޅޭ އިދާރާތަކަށް އެންގުމަށްވެސް ކޮމިޓީން ފާސް ކުރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ