މާލެ: 31°C

ޕީއެންސީ އިން ވަކިވުމުގެ ސަބަބުންނާއި ވަކިކުރުމުގެ ސަބަބުން މަޖިލިސް މެމްބަރުކަން ގެއްލޭ ކޮންމެ ފަރާތަކަށް އެދާއިރާގެ އިންތިހާބުގައި އަލުން އިންތިހާބުވުމަށް އެމްޑީޕީ އިން ތާއިދުކުރަން ނިންމައިފި

December 11, 2024
2 ފަހަރު ބަލާފައި

ޕީއެންސީ އިން ވަކިވުމުގެ ސަބަބުންނާއި ވަކިކުރުމުގެ ސަބަބުން މަޖިލިސް މެމްބަރުކަން ގެއްލޭ ކޮންމެ ފަރާތަކަށް އެދާއިރާގެ އިންތިހާބުގައި އަލުން އިންތިހާބުވުމަށް އެމްޑީޕީގެ ތާއިދު ދެއްވާނެ ކަމަށާއި އެފަރާތަކަށް އެ ދާއިރާގެ އިންތިހާބު ކާމިޔާބުކޮށްދިނުމަށް އެމްޑީޕީން މަސައްކަތް ކޮށްނިނުމަށް އިގްރާރުވެ ޤަރާރެއް ފާސްކޮށްފިއެވެ. ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި ބަދަލުގެ ސަބަބުން މަޖިލިސް މެމްބަރުންގެ ޤާނޫނީ ވާޖިބް އަދާކުރުމުގެ މިނިވަންކަން ނިގުޅައިގަނެފައިވާތީއާއި، އެ މެމްބަރުންގެ ދާއިރާގެ ރައްޔިތުންނާއި ގައުމުގެ ހައްގުގައި ވަކާލާތުކޮށް އަޑު އުފުލުމުގެ ހައްގު، ޤާނޫނޫނު އަސާސީއަށް ގެނައި އެ ބަދަލާ ގުޅިގެން ގެއްލިފައިވާތީ، އެހައްގުގެ ބޭނުން ކުރުމުގެ ސަބަބުން މަޖިލިސް މެމްބަރުކަމުން ވަކިކުރާ ކޮންމެ ފަރާތަކަށް ނުވަތަ އެމްޑީޕީއަށް ބަދަލުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިކުރ ކޮންމެ ފަރާތަކަށް ާއެމްޑީޕީގެ ފަރާތުން އެހީތެރިވެދީ އެދާއިރާގެ އިންތިހާބުގައި އަލުން ވާދަކުރާނަމަ އެފަރާތަކަށް އެ ޕާޓީން ތާއިކުރަން ވަނީ އެ ގަރާރުގައި ގޮވާލާފައެވެ. އިތުރަށް އެގަރާރުގައި ގޮވާލާފައިވަނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު އިހު އިންގޮތަށް އިއާދަކުރެވެންދެން ރާއްޖޭގެ ކަންކޮޅުތަކުގައި އެ ޕާޓީގެ ފަރާތުން އިހުތިޖާޖު ކުރުމަށާއި، އެ އިހްތިޖާޖު ކުރުމުގައި އެ ޕާޓީއާއި އެއްބާރުލުންދޭން ނުވަތަ ބައިވެރިވުމަށް އެދި ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީ ތަކަށާއި ޖްމްއިއްޔާ ޖަމާއަތްތަކާއި، ފަންނީ ފަރާތްތަކަށް ދައުވަތު ދިނުމަށާއި އެ ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ފަރާތްތަކެއް ބައިވެރިކޮށްގެން ހަރަކާތްތައް ކުރިއަށް ގެންދެވުމަށް ވަނީ ގޮވާލާފައެވެ. އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅި އެ ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބައިބެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ