މާލެ: 31°C

ޖެނުއަރީ 15 އިން ފެށިގެން ދުބާއީ އާއި ބެންކޮކުން އާސަންދަ ލިބޭ ގޮތް ހަމަޖައްސައިފި

December 10, 2024
2 ފަހަރު ބަލާފައި
ޖެނުއަރީ 15 އިން ފެށިގެން ދުބާއީ އާއި ބެންކޮކުން އާސަންދަ ލިބޭ ގޮތް ހަމަޖައްސައިފި
ޖެނުއަރީ 15 އިން ފެށިގެން ދުބާއީ އާއި ބެންކޮކުން އާސަންދަ ލިބޭ ގޮތް ހަމަޖައްސައިފި
އާސަންދައިގެ ހިދުމަތް ދިނުމަށް ޔޫއޭއީގެ ދުބާއީގެ ހޮސްޕިޓަލަކާއި ތައިލެންޑުގެ ބެންކޮކްގެ ދެ ހޮސްޕިޓަލަކާއެކު މިއަދު ސޮއިކޮށްފި އެވެ. އާސަންދަ ކުންފުނިން 'އެކްސް' ގައި ބުނީ، އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާ ހޯދަން ބަލިމީހުން ފޮނުވުމަށް ސޮއިކޮށްފައިވަނީ ތައިލެންޑުގެ ދަ ވޯލްޑް މެޑިކަލް ހޮސްޕިޓަލުގެ އިތުރުން ތައިލެންޑުގެ ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލާ އެކު ކަމަށެވެ. އަދި ޔޫއޭއީއިން އާސަންދަ ހިދުމަތް ދިނުމަށް ސޮއިކޮށްފައިވަނީ ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއެކު ކަމަށް އާސަންދައިން ބުންޏެވެ. އާސަންދައިން ބުނީ އެ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އަންނަ ޖެނުއަރީ މަހުގެ 15 އިން ފެށިގެން މީހުން ފޮނުވަން ފަށާނެ ކަމަށެވެ. މިދިޔަ މާޗް މަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ދުނިޔޭގައި އެންމެ ރަނގަޅު ބޭސްފަރުވާ ދޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ފުޅާކުރުމުގެ އިދާރީ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ އާސަންދައަކީ ވަކި ގައުމެއްގައި ހުންނަ ސިއްހީ މަރުކަޒުތަކުގައި އެކަނި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އިންޑިއާ އާއި ސްރީލަންކާއިން ލިބޭ ހިދުމަތަށްވުރެ ފެންވަރު ރަނގަޅު ހިދުމަތް ލިބޭ ގައުމުތަކުން އާސަންދައިގެ ދަށުން ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ