ފައްޔާޒުގެ މައްސަލަ ތަހުގީގުކުރުމަށް ގޮވާލާ ކުއްލި މައްސަލަ އެއް، ރައްޔިތުންގެ މަޖިލީހަށް

ފައްޔާޒުގެ މައްސަލަ ތަހުގީގުކުރުމަށް ގޮވާލާ ކުއްލި މައްސަލަ އެއް، ރައްޔިތުންގެ މަޖިލީހަށް
ލިޔުން:
ކުރީގެ ރައީސް މުޙައްމަދު އަމީން ދީދީއަށް ހެދި ގޮތަށް ރައްޔިތުންނަށް ދެރަދޭ ވެރިންނާ ދޭތެރޭ ދިވެހިން އަމަލުކުރާނެކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަސް ފައްޔާޒް އިސްމާއިލް ވާހަކަދެއްކެވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ކާނިވަލުގައި އެމްޑީޕީން މިރޭ ބާއްވެމުށް ތައްޔާރުވަމުންއަންނަ ޖަލްސާއާގުޅޭ މައުލޫމާތު މީޑިއާ ތަކާ ހިއްސާކުރައްވަމުން ފައްޔާޒް ވިދާޅުވީ ކުޅުދުއްފުށީގައި އެޕާޓީގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި ވާހަކަދެއްކެވި ބޭފުޅަކު ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުއަަށް ވެދާނެ ކަމަށް ބުނެފައިވަނީ ނަސޭހަތެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެމީހާ ފަހަތުން ސަރުކާރުން ދާއިރު ރާއްޖޭގެ ތާރީހުގައި ހިނގާފައި ހުރި ކަންކަން ވެރިންނަށް ހަނދާން ކޮށްދިނުމަކީ އާންމު ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެ ޕާޓީގެ އެކްޓިވިސްޓަކު އަމީންދީދީ އާއި ރައީސް މުއިއްޒާ ގުޅުވައި ދެއްކި ވާހަކަ އާއި އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ ވާހަކަ ދިފާއި ކުރެއްވި މައްސަލައިގައި ކަންބޮޑުވުން އެމައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަސަން މުފީދެވެ. އަދި އެ މައްސަލަ މަޖިލީހުގެ 44 މެންބަރުންގެ ވޯޓާއެކު މިހާރުވަނީ މަޖިލިސް އަށް ބަލައިގެންފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
