
ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެއްމެ މޮޅު ފުލުހަކަށް ކޮންސްޓަބަލް ހަސަން ޝާމިލް ހޮވިއްޖެ
ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެއްމެ މޮޅު ފުލުހަކަށް ކޮންސްޓަބަލް ހަސަން ޝާމިލް ހޮވިއްޖެ
ލިޔުން:
ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް ހަސަން ޝާމިލް، ޝަބްންމްވިލާ ހއ. އިހަވަންދޫ ހޮވިއްޖެއެވެ.
171 ފުލުހުން ކޯސް ފުރިހަމަކޮށްފައިވާ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ގްރެޖުއޭޝަން ހަފްލާ ޝަރަފްވެރިކޮށްދީފައިވަނީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އަޙްމަދު ޝަފީއު އެވެ. އެ މަނިކުފާނު ކޯހުގެ ދަރިވަރުންނާ މުހާތަބްކޮށް ވިދާޅުވެފައިވަނީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުންމަތީ ދެމިތިބުމަށް ހުއްޓުމެއްނެތި އުނގެނުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމަށާއި ފުލުހުންގެ ވާޖިބް އަދާކުރުމަށް ވޭނުންވާ ހުނަރާ ތަޖުރިބާ އަބަދުވެސް ހޯދަމުންގެންދަން ވަނީ ގޮވާލައްވާފައެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
