
ޤާނޫނާ އެއްގޮތަށް ޚަރަކާތް ހިންގަން އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ އަށް އަންގައިފި
ޤާނޫނާ އެއްގޮތަށް ޚަރަކާތް ހިންގަން އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ އަށް އަންގައިފި
ލިޔުން:
ޤާނޫނާ އެއްގޮތަށް ޚަރަކާތް ހިންގަން އަންގައި އިލެކްޝަންސް ކޮމިޝަނުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަށް ސިޓީއެއް ފޮނުވާފައިވާކަމަށް އެމްޑީޕީޣެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މާދަމާ ރޭ ކާނިވަލް ސަރަޚައްދުގައި އެމްޑީޕީން ބެޢވުމަށް ހަމަޖެހިފައިވާ "ޤާނޫނުއަސާސީގެ ދިފާއުގައި" ޖަލްސާއާއި ގޫޅޭގޮތުން މީޑިއާތަކާ މައުލޫމާތު ހިއްސާކުރައްވަމުން އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނުން މިއަދު އެ ޕާޓީއަށް ސިތީއެއް ފޮނުވާފައިވާކަމަށާއި، އެހެންކަމުން އެސިތީއާއި ގޫޅިގެން އެ ޕާޓީން ޤާނޫނީ ގޮތުން އެއްވެސް ކަމަކާ ޚިލާފުވެފައިވާތީ ފޮނުވާފައިވާ ސިޓީއެއްތޯ އާއި އަދި ޚިލާފުވީ ކޮން ޤާނޫނަކާތޯ ނުވަތަ އެ ސިޓީއަކީ ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް އެ ކޮމިޝަނުން ފޮނުވާފައިވާ ސިޓީއެއްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެ ކަންކަމަކީ ޖަލްސާއަށް ހުރަސްއެޅުމަށް ކުރާ ކަމެއްކަން އެނގިނުލައްވާ ކަމަށާއި، ނަމަވެސް ޖަލްސާ ބާއްވަން ހުރަސްއަޅައިފިނަމަ މަގުމަތީގައިވެސް ޖަލްސާ ބާއްވާނެ ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ކުރަން އުޅޭ ކަންކަމަށް ގާނޫނާ ހިލާފަށް އެއްވެސް ބަޔަކު ހުރަސްއަޅައިފިނަމަ މަގުމައްޗަށް ނިކުންނާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ. އަދިވެސް އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ ރޭވުންތެރިކަމެއްގެ ތެރެއިން ސިޔާސީ ހަރަކާތް އިންތިޒާމު ކުރާ ޕާޓީއެއް ކަމަށާއި ސަރުކާރަށް އެއް އަހަރު ދެވުނުއިރު ޖަވާބުދާރީކުރަން ދެއްކި އެއްވެސް ވާހަކައެއް ސަރުކާރުން އަޑެއް ނޭހި ކަމަށާއި މާދާމާ ރޭ ބާއްވާ ޖަލްސާގެ އެއްމެ ބޮޑު ބޭނުމަކީ ސަރުކާރަށް އަޑުއިއްވުންކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
