ހަތަރު ރަށަކުން އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ހަތަރު ރަށަކުން އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި
ލިޔުން:
މާދަމާއިން ފެށިގެން އަތޮޅު ތެރޭގެ ހަތަރު ރަށަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އއ. އަދި ކ. އަތޮޅުގެ ބައެއް ރަށްރަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކ. ގާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ މާދަމާއިން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ހަތަރު ސައިޓަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށެވެ.
މާދަމައިން ފެށިގެން ހިންމަފުށި، ކޫއްޑޫ، ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫ މި ހަތަރު ރަށުން އެސްޓީއޯ ނޫނީ ފިލް ސަޕްލައި މޯލްޑިވްސްގެ ސައިޓްތަކުން މާދަމާއިން ފެށިގެން އެސްޓީއޯރޭޓުގައި ތެޔޮ ލިބޭނެ މަސްވެރިންނަށް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅަކުން ކޮންމެވެސް އެއް ރަށެއްގައި އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
މިއަދު ގާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ 2025 ގެ ނިޔަލަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މުޅި ރާއްޖޭގައި ކޮންމެ އަތޮޅަކުންވެސް އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރެއަށް ބަހާލެވިގެން ކޮންމެ މަހަކުވެސް ކޮންމެވެސް އެއް އަތޮޅަކުން ރަށެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
