މާލެ: 31°C

ނާޒިމުގެ ވަރުގަދަ އިންޒާރެއް: ޔުނިފޯމް އެޅި އިދާރާތަކަށް އިތުބާރުކޮށްގެން ތިބެވޭކަށް ނެތް

December 9, 2024
2 ފަހަރު ބަލާފައި
ނާޒިމުގެ ވަރުގަދަ އިންޒާރެއް: ޔުނިފޯމް އެޅި އިދާރާތަކަށް އިތުބާރުކޮށްގެން ތިބެވޭކަށް ނެތް
ނާޒިމުގެ ވަރުގަދަ އިންޒާރެއް: ޔުނިފޯމް އެޅި އިދާރާތަކަށް އިތުބާރުކޮށްގެން ތިބެވޭކަށް ނެތް
ޔުނިފޯމްއެޅި މުއައްސަސާތަކަށް އިތުބާރު ކޮށްގެން ތިބެވެން ނެތްކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކަސްޓަމްސްގެ އިހުމާލު ވަރަށް ބޮޑަށް ފެންނަން އޮތްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިހާރުވެސް މައްސަލަތަކެއް ބަލަމުންދާކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ އެ މައްސަލަތައް ނިމޭއިރު  އެކަށީގެންވާ ހަރުކަށި އަދި ތަންފީޒުކުރެވޭ ފަދަ ހައްލުތަކެއް ސަރުކާރަށް ހުށަހަޅާނެ ކަމަށެވެ. ޔުނިފޯމްއެޅި މުއައްސަސާތަކަށް އިތުބާރު ކޮށްގެން ތިބެވެން ނެތްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ބޯޑާ ސެކިއުރިޓީ ކޮމްޕްރޮމައިޒްވާ ގޮތަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް އިހުމާލުވާ ގޮތަށް ކަންތައްތައް ކުރާނަމަ އެކަމާމެދު އިސްލާހީ ފިޔަވަޅުތައް އެޅުމަށް ދެންނެވުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. މީގެއިތުރުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުންނާއި ޖުޑިޝަރީގެ ބޮލުގައި އެޅުވޭ އިލްޒާމު އެގޮތުގައި އެޅުވެން ނެތްކަމަށާއި މި މައްސަލައިގައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްގެނެސް ތަންފީޒު ކުރެވޭނެ ގޮތަށް ކަންކަންކުރުމަކީ މަޖިލީހުން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ