ގަވާއިިދާ ޚިލާފަށް ވިޔަފާރިކުރި ޓޫރިސްޓަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިިދާ ޚިލާފަށް ވިޔަފާރިކުރި ޓޫރިސްޓަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ލިޔުން:
ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވެ، ވިޔަފާރީގައި ޝާމިލްވެ އުޅުނު ބިދޭސީއެއް ހޯދައި މޯލްޑިވްސް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
'އެކްސް' ގައި މިއަދު ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ، އިއްޔެ އެތަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ ކިއުޕިން ފެންގް، 33(އ) ކަމަށެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަމަށް އިމިގްރޭޝަނުން ނުބުނެ އެވެ. އަދި އޭނާ އިމިގްރޭޝަނުން ހިފަހައްޓާފައިވަނީ އާއްމުންގެ މީހަކު ކުރި ރިޕޯޓަކާއި ގުޅިގެން ކަމަށް ބުންޏެވެ.
އެ މީހާ ރާއްޖޭގައި ވިޔަފާރިކޮށް، އާއްމު ތަންތަނުގައި ނިދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ ރިޕޯޓް ލިބުމާއެކު އިމިގްރޭޝަންގެ ޓީމުން އެކަން ބަލައި، އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އަދި އިމިގްރޭޝަނުން ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކުގެ މައުލޫމާތު ލިބޭނަމަ، އިމިގްރޭޝަންގެ ޕޯޓަލް މެދުވެރިކޮށް އެކަން ހިއްސާ ކުރުމަށް އެދިފަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަ އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އޮޕަރޭޝަން ތަކުގައި 1،300 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރިއިރު، ޖުމްލަ 5،012 ބިދޭސީން ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީންވެސް ހިމެނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
