މާލެ: 31°C

ބީއެމްއެލް ގައި އެކައުންޓް އޮންނަ އޮޑިވެރިންނަށް މާދަމާއިން ފެށިގެން 48 ގަޑިއިރުތެރޭގައި ފައިސާ ލިބޭނެ: ރައީސް ޑރ.މުއިއްޒު

December 9, 2024
2 ފަހަރު ބަލާފައި
ބީއެމްއެލް ގައި އެކައުންޓް އޮންނަ އޮޑިވެރިންނަށް މާދަމާއިން ފެށިގެން 48 ގަޑިއިރުތެރޭގައި ފައިސާ ލިބޭނެ: ރައީސް ޑރ.މުއިއްޒު
ބީއެމްއެލް ގައި އެކައުންޓް އޮންނަ އޮޑިވެރިންނަށް މާދަމާއިން ފެށިގެން 48 ގަޑިއިރުތެރޭގައި ފައިސާ ލިބޭނެ: ރައީސް ޑރ.މުއިއްޒު
މަސްވެރިން ކިރުވާ މަހަށް 48 ގަޑި އިރުތެރޭގައި ފައިސާ ދޫކުރަން ވި ވައުދާ އެއްގޮތަށް ބީއެމްއެލް ގައި އެކައުންޓް އޮންނަ އޮޑިވެރިންނަށް މާދަމާއިން ފެށިގެން 48 ގަޑިއިރުތެރޭގައި ފައިސާ ލިބެންފަށާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އއ. އަތޮޅާއި ކ އަތޮޅުގެ ބައެއް ރަށްރަށް އިއްޔެ ފެއްޓެވި ދަތރުރު ފުޅުގައި މިއަދު ހެނދުނު ކ.ގާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީ (އެމްއެމްއޭ) އިން އިއްޔެ ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެމަނިކުފާނުގެ ވައުދާ އެއްގެތަށް މަސްވެރިން ބާނާ މަހަށް މާދަމާއިން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބެން ފަށާނެ ކަމަށާއި، ދެން އޮތީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެކައުންޓް އޮންނަ އޮޑިވެރިންނަށް ފައިސާ ހަމަ އެ އުސޫލުން ދޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެ ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކާ ގުޅިގެން އެ އިންތިޒާމު ހަމަޖެއްސުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަން ހަމަޖެހުމުން މަސްވެރިންނަށް ފައިސާ ނުދެވި ދެން ބެކްލޮގް ނޯންނާނެ ކަމަށާއި، އަދި  ފާއިތުވި ދެ ހަފުތާގައި މަސްވެރިން ކިރުވި މަހަށް ވެސް މިއަދު ފައިސާ ދޫކޮށް ބެލްލޮގް ސާފުކޮށްފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ